މަޤާމް
|
މެނޭޖަރ ހިއުމަން ރިސޯސް
|
މަޤާމުގެ ރޭންކް
|
އީ އެކްސް 4
|
ބޭނުންވާ ޢަދަދު:
|
01
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް
|
ހިއުމަން ރިސޯސް
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު
|
އަސާސީ މުސާރަ
|
-/10,500 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,510 ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- ސަޕޯޓް ސަރވިސް އެލަވަންސް: -/3,510 ރުފިޔާ
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
- ނުވަތަ ހިއުމަން ރިސޯސް ފަދަ ދާއިރާއަކުން ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް މީހަކު ހޮވުމުގައި ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ މިންވަރަށާއި، ތަޖްރިބާ އަދި މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭނާއި މިޝަންއާއި ލަނޑުދަނޑިތަކާއި، ލީޑަރޝިޕް ކޮމްޕިޓެންސީތައް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވެދިނުމާއި، އެކަންކަމަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
- ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ކުންފުނީގެ ހިޔުމަން ރިސޯސް މެނޭޖްކުރުމާއި ޕާފޯމެންސް މެނޭޖްމަންޓްކުރުން.
- މަސައްކަތްތަކަށް ހެޔޮ ބަދަލުގެނެވޭނެ ގޮތްތައް ދެނެގަނެ ކަމާގުޅޭ ސިޔާސަތުތަކާއި ގައިޑްލައިންތައް ފަރުމާކުރުމާއި ކުންފުނީގެ ނީޑްސް ތައް ދެނެގަނެ، އަމާޒު ހިފޭ ކަންކަމަށް ވާސިލުވުމަށް ކުރަންޖެހޭ ކަންކަން ފަރުމާކޮށް ހިންގުން.
- އޯގަނައިޒޭޝަނަލް ޗޭންޖް އަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމާއި، އޯގަނައިޒޭޝަނަލް ކަލްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެކަންކަން ކުރެވޭނެ ގޮތްތައް އިންތިޒާމުކުރުން.
- މުވައްޒަފުންނަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދީގެން ދުޅަހެޔޮ، ޕޮސިޓިވް ނަތީޖާ ނެރެދޭނެ ބަޔަކަށް މުވައްޒަފުން ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަދި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
- ޒަމާނީ ޓެކްނޮލޮޖީއާއި އެއްގޮތަށް ހިއުމަން ރިސޯސް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
- ކުންފުނީގެ ޑިޕާޓްމަންޓް ތަކުގެ މަސައްކަތައް އަންނަ ބަދަލުތައް މޮނިޓަރކޮށް ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެކަންކަމަށް މުވައްޒަފުން އެހުލުވެރިކުރުވުމުގެ މަސައްކަތްކުރުން.
- ކުންފުނީގެ ޕޭރޯލް މެނޭޖްކޮށް އަންނަ ބަދަލުތައް މޮނީޓަރކުރުމާއި ނިންމަންޖެހޭ މުއްދަތަށް ނިންމުން.
- ކުންފުނީގެ ފަރާތުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
- އެޗް.އާރް އާއި ގުޅޭ ކަންކަމުގައި ސޯޝަލް މީޑިއާއަށް ހިއްސާކުރެވޭ ކޮންޓެންޓް ބަލާ ޗެކްކޮށް އަޕްޑޭޓްކުރުން.
- މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ސުޕަވައިޒްކުރުން.
- ކުންފުނިން ހިންގާ އެކިއެކި ހަރަކާތްތައް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުމާއި އަމަލީގޮތުން ބައިވެރިވުން.
- މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 25 ޖެނުއަރީ 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364 އާއި ގުޅުއްވުން އެދެމެވެ.
|