ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2023/3
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 03 ފެބުރުވަރީ 2023 13:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރަން ތާޖު" ޤުރުޢާން މުބާރާތާއި ގުޅޭ

"ރަން ތާޖު" ޤުރުޢާން މުބާރާތާއި ގުޅޭ

 

                             މިނިސްޓްރީ އޮފް ޔޫތް، ސްފޯޓްސް އެންޑް ކުމިއުނިޓީ އެމްޕަވަރމެންޓާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ރާއްޖެ ޓީވީ ގުޅިގެން "ރަން ތާޖު" ގެ ނަމުގައި ޤުރުއާން މުބާރާތެއް މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 މާރިޗު 2023 އިން 28 އޭޕްރީލް 2023 ގެ ނިޔަލަށެވެ. މިއީ 16 އަހަރާއި 45 އަހަރާއި ދެމެދުގެ އުމުރުފުރަޔަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

                            މިގޮތުން މިމުބާރާތުގެ އޮޑިޝަން ބ.އޭދަފުށީގައި 03 ފެބުރުއަރީ 2023 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޮޑިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަލްޓިޕާރަސް ހޯލްގައެވެ. އިތުރު މަޢުލުމާތު މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.           

                            ވީމާ، މިކަން އަންގާ ޢިއުލާން ކުރީމެވެ.                                                    

                            އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

                            19 ޖުމާދަލްއާޙިރު 1444

                          

11 ޖަނަވަރީ 2023