ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)310-MS/310/2023/1
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 30 ޖަނަވަރީ 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ް ކުނިމެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ 1 ޓަނުގެ 2 ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލަށް ކުނިމެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ 1 ޓަނުގެ 2 ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް މި މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހި ރާއްޖޭގައި މި ބާވަތުގެ ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2023 ޖެނުއަރީ  16 ވާ  ހޯމަ ދުވަހުން ފެށިގެން 2023 ޖެނުއަރީ  23 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށް މި އިދާރާއަށް [email protected] ބީލަން ހުށަހަޅަފަރާތުގެ މަޢުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން،ފޯނު ނަންބަރު، އަދި މެއިލް އެޑްރެސް) މެއިލް ކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބިޑް ފޯރމް ސޮފްޓް ކޮޕީ މެއިލް ކުރެވޭނެއެވެ.
  3. ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެ ލައްވާނަމަ 2023 ޖެނުއަރީ 16 ވާ ހޯމަ ދުވަހުން ފެށިގެން 2023 ޖެނުއަރީ 23 ވާ ހޯމަ ދުވަހުގެ 12.00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލް ކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2023 ޖެނުއަރީ 23 ވާ ހޯމަ ދުވަހުގެ ކުރިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބިލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2023 ޖެނުއަރީ 30 ވާ ހޯމަ ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ލިޔެވިފައި އޮންނަންވާނެއެވެ.
  5. މަސައްކަތް ހަވާކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާއެވެ.

[email protected]     

 

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

16 ޖުމާދަލްއާޚިރު 1444

09 ޖެނުއަރީ 2023

09 ޖަނަވަރީ 2023