ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)10-F/10/2023/007
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 15 ޖަނަވަރީ 2023 10:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް 10 ކޮމްޕިއުޓަރ ސިސްޓަމް ގަތުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                            

                                  ނަންބަރު: IUL10-F/2023/07

އިޢުލާން

                   މި މިނިސްޓްރީއަށް ބޭނުންވާ 10 (ދިހައެއް) ކޮމްޕިއުޓަރ ސިސްޓަމް (Intel® Core™ i7 10th gen or above) ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި ބީލަމަށް ކުރިމަތިލައްވާ ފަރާތްތަކުން މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ ވޮރެންޓީ ހުށަހަޅުއްވަން ވާނެއެވެ.

                   ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މި އިޢުލާން ނަންބަރަށް ރިއާޔަތްކޮށް މިނިސްޓްރީގެ [email protected]  އީ.މެއިލް އެޑްރެހަށް ކޮންޓެކްޓް ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަންބަރު އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.) މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް މިބީލަމާއި ގުޅޭ މަޢޫލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ. މި ބީލަމަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކުން، 18 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

11 ޖަނަވަރީ 2023