ކުއްޔަށް ދިނުން
ނަންބަރު: (IUL)374-C/374/2023/1
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 19 ޖަނަވަރީ 2023 10:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތް ކުއްޔަށް ދޫކުރުން

  ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ " އިމާރާތް 01 ފެބުރުވަރީ 2023 އިން ފެށިގެން 05 (ފަހެއް ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ. މި އިމާރާތުގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް -/4000 (ހަތަރު ހާސް ) ރުފިޔާއެވެ.

އިމާރާތްކުއްޔަށް ދޫކުރުމާއި ގުޅޭ އިތުރު ތަފްޞީލު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ފޭސްބުކުޕޭޖުގެ އިތުރުން ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2023 ޖަނަވަރީ 11 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މައުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.

އިމާރާތް ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވާ ފަރާތްތަކުން 2023 ޖަނަވަރީ 19 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން : www.fncl.gov.mv  ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ " އިމާރާތް ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބްތަށް ބަލައެއް ނުގަނެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ޖުމާދަލްއާޚިރު 1444

11 ޖަނަވަރީ  2023

11 ޖަނަވަރީ 2023