ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 ޖަނަވަރީ 2023 13:27 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން - ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޕްރޮޖެކްޓްގެ ނަން: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓް މެނޭޖްމަންޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިއުލާން. |
މި އިޢުލާނަކީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކަނޑައަޅާފައިވާ އަގު ތަކަށް، ބިދޭސީން ރެކުރޫޓުކުރުމަށް ބޭނުންވާ، 3 (ތިނެއް) ރެކްރޫޓްމަންޓް އެޖެންސީ ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. އަދި ހޮވާލެވޭ މި 3 (ތިނެއް) ފަރާތުގެ ތެރެއިން ވާރކްޕާރމިޓް މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ރެކްރޫޓްމަންޓް އެޖެންސީއެއް ކަނޑައެޅުމަށް ކުރެވޭ އިޢުލާނެކެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 11 ޖަނަވަރީ 2023 ވާ ބުދަ ދުވަހުން ފެށިގެން 22 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)
- 25 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 11:00 ގައި