މަސައްކަތް
ނަންބަރު: FNK-I/IUL/2023/008
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 15 ޖަނަވަރީ 2023 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުންވާ ސެޓް ޑިޒައިނިންގ (ސެޓް،އެވޯޑް، ސައުންޑް އަދި ލައިޓިން) ހެދުމުގެ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2023/008

އިޢުލާން

މިކުންފުންޏަށް ބޭނުންވާ ސެޓް ޑިޒައިނިންގ (ސެޓް،އެވޯޑް، ސައުންޑް އަދި ލައިޓިން) ހެދުމުގެ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކުންފުންޏަށް ސެޓް ޑިޒައިނިންގ (ސެޓް،އެވޯޑް، ސައުންޑް އަދި ލައިޓިން) މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

11 އިން 15 ޖަނަވަރީ 2023

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

12 ޖަނަވަރީ 2023

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

16 ޖަނަވަރީ 2023

11:00 ހެނދުުނު

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރ

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.   

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

11 ޖަނަވަރީ 2023