ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2023/04
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 14 ޖަނަވަރީ 2023 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

މާލެ ޕަވަރހައުސް

ބޭނުންވާ ޢަދަދު:

03

މުސާރަ:

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ؛

  • އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑީސަލް ޖަނަރޭޓަރތަކާއި ލުބޮއިލް ސެޕަރޭޓަރ، އެއަރކޮމްޕްރެޝަރ ފަދަ އޮގްޒިލިއަރީ އިކުއިޕްމަންޓް އެވަގުތު އިސްވެހުރި މުވައްޒަފެއްގެ އިރުޝާދުގެ މަތިން އޮޕަރޭޓްކޮއް ބެލެހެއްޓުން.
  • ޕަވަރޕްލާންޓްގެ ހުރިހާ ޢިމާރާތްތަކާއި ފިއުލް ސިސްޓަމް، ސީވޯޓަރ ސިސްޓަމް، އެގްޒޯސްޓް ސިސްޓަމް ފަދަ ސިސްޓަމްތަކުގެ މެއިންޓަނަންސް މަސައްކަތްކުރުން.
  • ޕަވަރޕްލާންޓް ޑިއުޓީކުރުމުގައި އިސްކޮށް ތިބި މުވައްޒަފުންގެ މަޝްވަރާގެ މަތިން މަސައްކަތްކުރުން. މިގޮތުން ޑިއުޓީ ގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ފުރިހަމަ ކުރުން.
  • ޕަވަރޕްލާންޓްގެ ހުރިހާ ސިސްޓަމްތަކާއި އިކުއިޕްމަންޓް އޮޕަރޭޓްކުރުން.
  • ޕަވަރޕްލާންޓްގައިހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިދާނެކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި ވަގުތުން ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުން.
  • ޕަވަރޕްލާންޓްގެ ވަކި ސިސްޓަމެއް ނުވަތަ ވަކިތަނެއް ޚާއްޞަގޮތެއްގައި ބެލެހެއްޓުމަށް ޙަވާލުކުރެވިފައިވާ މުވައްޒަފެއްނަމަ އެމަސައްކަތް ކުރުން.
  • މާލޭގެ އެއްވެސް ބަޔަކަށް ކަރަންޓްގެ ޚިދުމަތް ނުލިބިވަނީ ޕަވަރޕްލާންޓްގައި ދިމާވެފައިވާ މައްސަލައަކާއި ގުޅިގެންކަމުގައި ވާނަމަ އެކަމެއް ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ރަގަޅުކުރުމަށް މަސައްކަތްކުރުމުގައި ބައިވެރިވުން.
  • މުވައްޒަފުން ބޭނުންކުރުމަށް ފޯރުކޮއްދީފައިވާ ޗޭންޖިންގރޫމް، މެސްރޫމް އަދި ލޮކަރ ފަދަ ތަންތަން ބެލެހެއްޓުން. މިގޮތުން ޗޭންޖިންގރޫމް، މެސްރޫމް އަދި ލޮކަރ ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ އުޞޫލުން ތަންބޭނުންކުރޭތޯއާއި ސާފުތާހިރުކަން ދަމަހައްޓާތޯއާއި އަދި އެހެން މީހުންގެ ތަކެއްޗަށް ރައްކާތެރިވޭތޯބެލުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

14 ޖަނަވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 14 ޖަނަވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

17 ޖުމާދަލްއާޙިރާ 1444

11 ޖަނަވަރީ    2023

11 ޖަނަވަރީ 2023