މަސައްކަތް
ނަންބަރު: (IUL)298/298/2023/2
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 22:38
ސުންގަޑި: 19 ޖަނަވަރީ 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޕްލޭގްރައުންޑް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަލިފުށީ ޕްރީސްކޫލު ޕްލޭގްރައުންޑު ސަރަހައްދުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން:

2023 ޖަނަވަރީ 16 ވާ ހޯމަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

2023 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

10 ޖަނަވަރީ 2023