މަސައްކަތް
ނަންބަރު: (IUL)13-K/13/2014/337
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 05 ޖަނަވަރީ 2015 15:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑިޒައިންގ އޮފް ވޯޓަރ ސަޕްލައި ފެސިލިޓީސްއަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރު:TEB/2014/145   

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޑިޒައިންގ އޮފް ވޯޓަރ ސަޕްލައި ފެސިލިޓީސް އިން ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ށ.މިލަންދޫ، ރ.އުނގޫފާރު، ޅ.ނައިފަރު، ދ.ކުޑަހުވަދޫ، ތ.ގުރައިދޫ އަދި ގއ.ވިލިނގިލި

ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ށ.މިލަންދޫ، ރ.އުނގޫފާރު، ޅ.ނައިފަރު، ދ.ކުޑަހުވަދޫ، ތ.ގުރައިދޫ އަދި ގއ.ވިލިނގިލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށްޓަކައި ބޭނުންވާ ފަންޑު ދިވެހި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

މި ކޮންސަލްޓެންސީގެ މަސައްކަތްތަކުގެ ތެރޭގައި ޕްލިމިނަރީ ޑިޒައިންގއާއި ޑީޓެއިލްޑް ޑިޒައިންގ ހެދުން އަދި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) ހެދުން ހިމެނެއެވެ. 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

މިކަމާބެހޭ މަޢުލޫމާތާއި އިތުރު ތަފުސީލު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖަނަވަރީ 2015ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން މި މިނިސްޓްރީއަށް ޝައުޤުވެރިކަން ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން:3349191 ،3349266،

ފެކްސް:3320706 ،3324432،

އީމެއިލް:[email protected]

04 ޑިސެންބަރު 2014