ދިވެހިރާއްޖެ
މަޤާމް :އެޑްމިނިސްޓްރޭޓިވް ސަޕޯރޓް އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމުގެ ކްލެސިފިކޭޝަން: ހަޔަރ އެޑްމިން ސަޕޯރޓް އޮފިސަރ (އިންޓަރނޭޝަނަލް ލިއޭސަން އޮފިސަރ) މުސާރަ: - އަސާސީ މުސާރަ: -/5،610 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،200 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %35): -/1،963.50 ރުފިޔާ - އިތުރު ގަޑީގެ ގޮތުގައި މަހަކު: (އަސާސީ މުސާރައިގެ %60): -/3،366 ރުފިޔާ - ކެއުމާއި ބޭސްފަރުވާ ކުރުން މަޤާމުގެ ޝަރުތު: - ބިޒްނަސް މެނޭޖްމަންޓް، ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ، ޝަރީއާ އެންޑް ލޯ ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް އިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން. - މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - މިޚިދުމަތުގެ ތަރައްޤީއަށް ޤައުމުތަކުން ބޭނުންވާ އެހީ އަދި ތަމްރީން ފުރުސަތުތައް ހޯދުމަށްޓަކައި އަދި މިޚިދުމަތުގެ ތަރައްޤީއަށް ހިންގޭ ހިލޭ އެހީގެ ޕްރޮޖެކްޓްތަކުގެ މުއާމަލާތްތައް ކުރުމާއި މަސައްކަތްތައް ޑޮކިއުމެންޓްކޮށް ބެލެހެއްޓުން. - މިޚިދުމަތުގެ ތަރައްޤީއާއި ގުޅޭގޮތުން ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއިއެކު ސޮއިކުރުމަށް ހަމަޖެހިފައިވާ މިއުޗުއަލް ކޯޕަރޭޝަން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ގުޅުންހުރި ޑިޕާޓްމަންޓްތަކާއިއެކު ވިލަރެސްކުރުން. – ތަފާތު ޤައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޮނުވާ އިންފޯމޭޝަން ރިކުއެސްޓްތަކަށް ޖަވާބުދާރީވުމާއި، ހަމަޖެހިފައިވާ އުސޫލުގެ މަތިން މިޚިދުމަތާއި ކަނޑައެޅޭ ބަހާއެއްގެ ޤައުމުތަކުގެ ގާނޫނު ތަންފީޒުކުރުމާއިއެކު، އިދާރާތަކާއިއެކު ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން. - މިޚިދުމަތުން ޤައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ގުޅިގެން ހިންގޭ އޯވަރސީޒް، އޮންލައިން އަދި އިން-ހައުސް ބައްދަލުވުންތައް، ވޯކްޝޮޕް، ތަމްރީން އަދި ސެމިނަރތައް ހިންގުމަށް ގުޅުންހުރި ޑިޕާޓްމަންޓްތަކާއި ވުޒާރާތަކާއިއެކު ކުރަންޖެހޭ މުއާމަލާތްކޮށް ވިލަރެސްކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުން. - މިޚިދުމަތުގެ އަދި މެނޭޖްމަންޓްގެ ބޭނުމަށް އެޤައުމުތަކާއި ގުޅުންހުރި މައްސަލަތަކުގައި ޤައުމުތަކުގެ ރިޕޯޓް، ބްރީފް، ޕޮސިޝަން ޕޭޕަރ އަދި ސްޓޭޓްމަންޓްސް ތައްޔާރުކުރުމަށްޓަކައި ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން. - ޤައުމުތަކުގެ ވަފުދުތަކާއި މިޚިދުމަތާއިއެކު ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވެ، އެބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުން. - މިޚިދުމަތުގެ ދައުވަތައް ޤައުމުތަކުން ޒިޔާރާތްކުރާ ވަފުދުތަކަށް ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށްދިނުން އަދި ދަތުރުތަކުގެ އެންމެހައި އިންތިޒާމްތައް ގުޅުންހުރި ޑިޕާޓްމަންޓްތަކާއިއެކު ވިލަރެސްކުރުން. - ކޮމިޝަނަރ އޮފް ޕޮލިސް އަދި މިޚިދުމަތުގެ އިސްވެރިން ޤައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއިއެކު އެޤައުމުތަކުގައި ބާއްވާ ބައްދަލުވުންތައް އިންތިޒާމްކޮށް، ރާވައި، ގުޅުންހުރި ޑިޕާޓްމަންޓްތަކާއިއެކު ވިލަރެސްކުރުން. - މީގެ އިތުރުން ޑިޕާޓްމަންޓްގެ ފަރާތުން ހިންގޭ ޚާއްސަ މަސައްކަތުގައި ބައިވެރިވުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން. - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: އިންޓަރނޭޝަނަލް ރިލޭޝަންސް ޑިޕާރޓްމަންޓް. މާލެ. އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ޖަނަވަރީ 23 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 16 ޖުމާދަލްއާޚިރާ 1444 |