މަސައްކަތް
ނަންބަރު: 137-A/ 2014/93
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 11 ޑިސެންބަރު 2014 14:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމް.އާރް.އައި ބަހައްޓާ 3 ބުރި އިމާރާތް ކުރުން

އެމް.އާރް.އައި ބަހައްޓާ 3 ބުރި އިމާރާތް ކުރުން

  1. މިޕްރޮޖެކްޓްގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/35،0000 (ތިރީސް ފަސް ހާސް ރުފިޔާ) ހުށަހަޅަންޖެހޭނެއެވެ. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 (ސަތޭކަ އަށާރަ) ދުވަހެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  2. ބީލަންފޮތް ދޫކުރުން އޮންނާނީ 08 ޑިސެންބަރު 2014 އިން 16 ޑިސެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 14:30 އަށް އައި.ޖީ.އެމް ހޮސްޕިޓަލުންނެވެ. ސޮފްޓްކޮޕީ ފޯމެޓުގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ލިބިވަޑައިގަންނަވާނެއެވެ.
  3. ޕްރީބިޑް މީޓިންގ އޮންނާނީ 11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހު 14:00 ގައެވެ. މި މީޓިންގގައި ސުވާލަށް ޖަވާބު ދިނުމުގެ އިތުރުން ސައިޓް އިންސްޕެކްޝަން ވެސް އޮންނާނެއެވެ.
  4. މިޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮޖެކްޓް މެނޭޖަރ [email protected] އަށް ފޮނުއްވުން އެދެމެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
01 ޑިސެންބަރު 2014