ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2014/169
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 14 ޑިސެންބަރު 2014 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސިޓީ ކައުންސިލުން ދެއްވަމުންގެންދަވާ ވިޔަފާރިއާ ގުޅޭ ޚިދުމަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޭގޮތަށް ހަމަޖެއްސުން

އިޢުލާން 

ސިޓީ ކައުންސިލުން ދެއްވަމުންގެންދަވާ ވިޔަފާރިއާގުޅޭ ޚިދުމަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޭގޮތަށް ހަމަޖެއްސުން

13 މޭ 2014 ގައި ގެޒެޓުކުރެވިފައިވާ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު18/2014) އަށް ޢަމަލުކުރަން ފެށުމާގުޅިގެން، ވިޔަފާރިއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކައި މިހާރު މާލޭ ސިޓީކައުންސިލުން ދެމުންގެންދާ ވިޔަފާރިއާ ގުޅޭ ތިރީގައި މިދަންނަވާ ޚިދުމަތްތައް 14 ޑިސެންބަރު 2014، ވާ އާދީއްތަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޭގޮތަށް ހަމަޖައްސައިފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

1- އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ

2- ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ

3- ބާރ ހިންގުމުގެ ހުއްދަ

4- ވިޔަފާރި ނަން ރަޖިސްޓްރީކުރުން

5- ލޯގޯ، ޓްރޭޑް މާރކް، ޝިޕިންގ މާރކް ރަޖިސްޓަރީކުރުން

6- ބަނގުރަލާއި، އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތީގެ ލައިސަންސް ދޫކުރުން

7- ރީ-އެކްސްޕޯޓް ލައިސަންސް

8- ރީ-އެކްސްޕޯޓް އެގްރިމެންޓް

9- ކޮންސައިނީ ބަދަލުކުރުން

10- މީހުން ދިރިނޫޅޭ ރަށްރަށުގައާއި، މާލޭގެ ރަށްވެހިންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގައި، އިމްޕޯޓްމުދާ ވިއްކުމުގެ ހުއްދަ ދޫކުރުން

11- މީހުން ދިރިނޫޅޭ ރަށްރަށުގައާއި، މާލޭގެ ރަށްވެހިންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރުގައި، ސައިހޮޓާ، ކެންޓީން، ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ

މި ޚިދުމަތްތައް ދެމުންގެންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޯސްޓްގާޑް އިމާރާތާއި ޖެހިގެން އިރަށް) ހުންނަ މި މިނިސްޓްރީގެ އޮފީހުންނެވެ.

                     09 ޞަފަރު  1436

01 ޑިސެންބަރު 2014