ނީލަން
ނަންބަރު: (IUL)334/334/2014/76
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 15 ޑިސެންބަރު 2014 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް

މިރަށު ރައްޔިތުންގެ ގޮތުގައި މިކައުންސިލުން ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމަށް ހިންގާ މަޝްރޫޢާ ގުޅިގެން، ނަގާފައިހުރި 100 ކިލޯވޯޓްގެ ކަމިންސް 2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް މިކައުންސިލުން ކަނޑައަޅައިފީމެވެ.

ވީމާ، މިދެންނެވި 02 ޖަނަރޭޓަރ ނުވަތަ އޭގެތެރެއިން ޖަނަރޭޓަރެއް ނީލަމުގައި ގަންނަން ބޭނުންވާ ފަރާތްތަކުން 15 ޑިސެންބަރު 2014 ދުވަހުގެ 13:30 އަށް އަގު ހުށަހަޅުއްވުން އެދެމެވެ. މިގޮތުން އަގު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީތައް ކަނޑާނީ އަގު ހުށަހެޅުއްވި ހުރިހާ ފަރާތްތަކެއްގެ ހާޒިރުގައި ހަމައެދުވަހުގެ 14:45 ގައެވެ.

ޖަނަރޭޓަރު ބައްލަވަން ބޭނުންވާ ފަރާތްތަކުން މިރަށު ރައްޔިތުންގެ އިންޖީނުގެއަށް ހާޒިރުވުމުން ބެއްލެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޞަފަރު 1436

27 ނޮވެންބަރު 2014