ދިވެހިރާއްޖެ
އިޢުލާނު
މި އޮފީހުގެ ލިފްޓްތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި އޮފީހުގައި މިހާރު ބޭނުންކުރަމުންދާ އޯޓިސް ބްރޭންޑްގެ 2 ލިފްޓާއި ޝްނެއިޑަރ ބްރޭންޑްގެ 1 ލިފްޓް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 2023 ޖަނަވަރީ 15 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީމެއިލް:
ފޯނު ނަންބަރު:
މި ބީލަމާގުޅޭ ގޮތުން އެއްވެސް ސުވާލެއް އަދި މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންވާނަމަ، މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް އީމެއިލްކުރުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 ޖަނަވަރީ 15 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، 2023 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
17 ޖުމާދަލްއާޚިރާ 1444