ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2023/1 :ނަންބަރ
އިޢުލާން
މި ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވާ ފެއަރ ތަކާއި އަދި ރާއްޖެއިން ބޭރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބައިވެރިވާ އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރުމަށް ތިރީގައިވާ ޕްރޮމޯޝަނަލް މެޓީރިއަލްސް ހަދާދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
- ގަލަން 10،000
- ފަންސުރު 20،000
- ކީޓެގް 10،000
- ލޭންޔާޑް 4،000
- ސްޓްރެސް ބޯލް 4،000
ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖަނަވަރީ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތް ސާފުކުރެއްވުން އެދެމެވެ. އަދި 2023 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
03 ޖުމާދަލް އާޙިރ ާ 1444
09 ޖަނަވަރީ 2023