ތަމްރީނު
ނަންބަރު: (IUL)160-A/1/2014/66
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 31 ޑިސެންބަރު 2014 14:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކުރިއަށްގެންދާ 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޝަރުޠު:     

1- ކީރިތި ޤުރްއާން ފަރިތަކަމާއެކު ތަޖުވީދުގެ ހަމަތަކުން ކިޔަން އެނގުން.

2- ޢުމުރުން 7 އަހަރާއި 25 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.

3- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުން ފާސްވުން.

ވީމާ، މިކްލާސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 02 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުން ފެށިގެން މިމަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. މި ކްލާސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު އައިޑީކާޑުގެ ކޮޕީއާއެކު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި ދަސްކޮށްފައިވާ ފޮތުގެ އަދަދަށާއި ޤާރީކޯސް ފުރިހަމަ ކޮށްފައިވާ ހަގު އުމުރުގެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

05 ޞަފަރު 1436

27 ނޮވެންބަރު 2014