ތަމްރީނު
ނަންބަރު: MNU-CA/RG/2014/707
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:06
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޯސްތަކުގެ ޖާގަ އިތުރުކުރުމަށް

ގިނަ ފަރާތްތަކަކުން ކޯސްތަކުގެ ޖާގަ އިތުރުކުރުމަށް އެދިލައްވާފައިވާތީ, ތިރީގައި މިވާ ކޯސްތަކުގެ ޖާގަ އިތުރުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނާނީ ކޯސްތަކުން ދެވިފައިވާ ޖާގަ ފުރެންދެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: ބެޗްލަރ އޮފް އާޓްސް ދިވެހި ލޭންގުވިޖް

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

އިތުރު ކުރެވިފައިވާ ޖާގަ: 25

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ

ކޯސް ހިންގާ ގޮތް: ފުލް-ޓައިމް (ހަވީރު ދަންފަޅި)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 2 މާއްދާއިން ފާސްވެފައިވުން. އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ސެޓުފިކެޓު ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ނ. ދިވެހިބަހާ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ، އުމުރުން 21 އަހަރު ވެފައިވާ މީހުން، ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާއްދާއަކުން ފާސްވެފައިވުން. ނުވަތަ ޔުނިވަރސިޓީން ދޭ އިމްތިޙާނަކުން ފާސްވުން.

 

2- ކޯހުގެ ނަން: އެޑްވާންސްޑް ސެޓުފިކެޓު އިން ލޭންގުވިޖް ޔޫސް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

އިތުރު ކުރެވިފައިވާ ޖާގަ: 25

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ

ކޯސް ހިންގާ ގޮތް: ފުލް-ޓައިމް (ހަވީރު ދަންފަޅި)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގްރޭޑް 7 ނިންމައި، 1އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

30 ނޮވެންބަރު 2014