ނީލަން
ނަންބަރު: (IUL)382/382/2014/1072
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 10 ޑިސެންބަރު 2014 10:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބުރުނީ މަސްޖިދުލް ފަލާޙު (ބުރުނީ ހުކުރު މިސްކިތް) އިމާރާތުގެ އިތުރަށް ހަދާފައިވާ ބައި ނީލަން ކިޔުން

ސުނާމީ ކާރިޘާގައި ވިލުފުށީ މީހުން ވަގުތީގޮތުން ބުރުންޏަށް ބަދަލުވި ވަގުތުގައި ބުރުނީ މަސްޖިދުލް ފަލާޙު ( ބުރުނީ ހުކުރު މިސްކިތު ) ގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމުގެ ގޮތުން މިސްކިތުގެ އުތުރުފަޅީގައި ދަގަނޑުހޮޅިން ގިއުގަނޑު ހަދައި ޓިނުން ހިޔާކޮށްފައިވާ 40 xފ23 ފޫޓު އިމާރާތުގެ ނީލަންކިޔުން 10 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 10:00 ގައި އޮންނާނެއެވެ. ނީލަން ފެށޭ އަގަކީ -/35000ރ (ތިރީސް ފަސްހާސް ރުފިޔާ) އެވެ. ފަހަރަކު އިތުރުކުރެވޭނީ -/1000ރ (އެއްހާސް ރުފިޔާ) އެވެ.

ވީމާ، މި އިމާރާތާއި ތަކެތީގެ ނީލަމުގައި ބައްލަވައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް ބުރުނީ މަސްޖިދުލްފަލާޙަށް ވަޑައިގެން ދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780038، 9749955 މިނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.               

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ޞަފަރު 1436

26 ނޮވެންބަރު 2014