ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
މި ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ ކަމަދޫ ރޫޓްސް ޕްރީސްކޫލުގައި އާ ކްލާސްރޫމެއް މިއިދާރާއިން ހުށަހަޅާ ކުރެހުމާ އެއްގޮތަށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެވުމަށްފަހު 14 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ނުދުރުވާ ފަރާތްތަކުގެ އަންދާސީހިސާބާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި:
1. އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ
2. ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
އަންދާސީހިސާބަށް މާކްސް ދިނުން:
ހުށަހަޅާ އަންދާސީހިސާބުތަކަށް މާކްސް ދެވޭނެ މިންގަނޑުތައް ތިރީގައި މިވަނީއެވެ.
| ދާއިރާ | މާކްސް ދެވޭނެގޮތް | ތަފުސީލު | ފޯމިއުލަރ | 
| އަގު | 80% | ޚިދުމަތުގެ އަގަށް ދެވޭ މާކްސް. މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ. | (Benchmark Price/Submitted Price)x Allocate percentage | 
| މުއްދަތު | 10% | މުއްދަތަށް ދެވޭ މާކްސް. މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓިރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ. | (Benchmark days/Submitted number of days)x Allocate percentage | 
| ތަޖުރިބާ | 10% | މަސައްކަތުގެ ތަޖުރިބާއަށް ދެވޭ މާކްސް: މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ދިގު މުއްދަތެއްގައި މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތުގެ މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކުރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނާ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތެއްގައި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ. | (Benchmark Term/Submitted Term)x Allocate percentage | 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
04 ޞަފަރު 1436