ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2023/5
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 15 ޖަނަވަރީ 2023 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެބޯޓްރީ ޓެކްނީޝަން

މަޤާމް :ސީނިއަރ ލެބޯޓްރީ ޓެކްނީޝަން
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ލެބޯޓްރީ ޓެކްނީޝަން

ބޭނުންވާ އަދަދު:

1

ސްޕައިން ޕޮއިންޓް:

27

ގްރޭޑް:

5

އޮފީސް

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މުސާރަ:

މަހަކު 7,835.52 ރ

ސަރވިސް އެލަވަންސް:

މަހަކު  3,3358.08ރ

އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)

މަގާމްގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

  1. ހެޑް އޮފް ޑިޕާރޓްމަންޓް އަދި ސިސްކޯ ނެޓްވޯރކިންގ އެކަޑަމީގެ ހެޑްގެ ލަފާގެމަތިން އެކަޑަމީގެ ހަރަކާތްތައް ރާވާ ހިންގުން
  2. ހެޑް އޮފް ޑިޕާރޓްމަންޓް އަދި ސިސްކޯ ނެޓްވޯރކިންގ އެކަޑަމީގެ ހެޑްގެ އިރުޝާދުގެ ދަށުން ސިސްކޯ ނެޓްވޯރކިންގ ލެބޯޓްރީގައި ކުރަންޖެހޭ މަސައްކަތް ކުރުން
  3. ލެބޯޓްރީގައި ބޭނުންކުރާ އިކްއިޕްމަންޓްތަކާއި ޑިވައިސްތައް ޤަވާއިދުން ދުވަހުން ދުވަހަށް ޗެކްކޮށް ދިމާވާ މައްސަލަތައް ހައްލުކުރުން
  4. ދަރިވަރުންގެ ޕްރެކްޓިކަލް ސެޝަންތަކަށް އިކްއިޕްމަންޓްތަކާއި ޑިވައިސްތައް ސެޓްކޮށް ކޮންފިގަރޭޝަން ހެދުމާއި އަދި ސިސްކޯ ނެޓްވޯރކިންގ ލެބޯޓްރީ ޕްރެކްޓިކަލް ސެޝަންއާއި އެއްގޮތަށް ތައްޔާރުކުރުން
  5. ސިސްކޯ ނެޓްވޯރކިންގ އެކަޑަމީގެ ކޯސްތަކުގެ ޕްރެކްޓިކަލް ސެޝަންތައް ކުރިޔަށްގެންދިއުމަށް ލެކްޗަރަރ އަށް އެހީތެރިވެދިނުން
  6. ޕްރެކްޓިކަލް ސެޝަންތައް ނިމުމުން އިކްއިޕްމަންޓްތަކާއި ޑިވައިސްތައް، އެހެން މާއްދާތަކުގެ ކުލާސްތައް ކުރިޔަށް ގެންދެވޭނެގޮތަށް ނޯމަލް ކޮންޑިޝަން އަށް ގެނައުން
  7. ކަނޑައެޅިފައިވާ އުސޫލުތަކާއިއެގޮތަށް ޤަވާއިދުން ސިސްކޯ ނެޓްވޯރކިންގ ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި ދުވަހުން ދުވަހަށް މުރާޖާކޮށް އަޕްޑޭޓްކުރުން
  8. ހެޑް އޮފް ޑިޕާރޓްމަންޓްގެ އިރުޝާދާއި އެއްގޮތަށް ސިސްކޯ ނެޓްވޯރކިންގ ލެބޯޓްރީއަށް ހޯދަން ބޭނުންވާ އިކްއިޕްމަންޓްތަކާއި ޑިވައިސްތަކުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި އަދި މިތަކެތި ހޯދުމަށް ޔުނިވަރސިޓީގ ޕްރޮކިއުމަންޓް ސެކްޝަނާއި ގުޅިގެން މަސައްކަތްކުރުން
  9. ސިސްކޯ ނެޓްވޯރކިންގ އެކަޑަމީން ހިންގާ ކޯސްތައް ޕްރޯމޯޓް ކުރުމަށް ފެކަލްޓީއަށް އެހީތެރިވެ އަމަލީގޮތުން އެކަމުގައި ބައިވެރިވުން
  10. ފެކަލްޓީއިން ހިންގާ އައި.ޓީ އާއި ގުޅުންހުރި ސޯޓް ޓާމް / ޕްރޮވެޝަނަލް ޑިވޮލޮޕްމަންޓް ކޯސްތަކަށް އިދާރީ މަސައްކަތްތަށް ކުރުން
  11. ސިސްކޯ ނެޓްވޯރކިންގ އެކަޑަމީގެ ބައްދަލުވުންތަކުގައި ބައިވެރިވުން
  12. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކާއި ބެހޭ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް ބެލެހެއްޓުން
  13. މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2023 ޖަނަވަރީ 15 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިމިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-5

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 03 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
09 ޖަނަވަރީ 2023