ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)417-CA/417/2014/71
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 11 ޑިސެންބަރު 2014 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެނަން:

މަސައްކަތު

ބޭނުންވާ އަދަދު:

01

މަޤާމުގެ ނަންބަރު:

220724

މަޤާމުގެ ރޭންކް:

އެސް.އެސް 1  

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމް އޮތް އޮފީސް/އިދާރާ:

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް / ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ރަށް:

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ

މުސާރައާއި، ޢިނާޔަތްތައް:

 

އަސާސީ މުސާރަ: 3100.00ރ

ސަރވިސް އެލަވެންސް: 1000.00ރ

ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކައުންސިލްގެ އިދާރާއާއި ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި ގޯތިގުޅިފައިވާ މަގުގެ ½ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  2. ކައުންސިލްގެ އިދާރާއަށް ބޭނުންވާ މީހުންނަށް ކިއުމާއި، އާންމުކޮށް ބަހައްޓަންޖެހޭ އިޢުލާންތައް ބެހެއްޓުމާއި، އެކިފަރާތްތަކަށް ފޮނުވާ ސިޓީ، ލިޔުންފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުމާއި، ރަށުގެ ގެތަކަށް ޒިޔާރަތްކޮށް ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ ޝަރުޠާއި އިންޓަވިއުއިން އެންމެ މަތީ ނަތީޖާ ހޯދާ ފަރާތް ބަލައިގެން.

އިންޓަވިއު  އޮންނާނެ ތަނާއި މުއްދަތު:

  • މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަތީގައި ބަޔާން ކުރެވިފައިވާ މަޤާމަށް އެދޭ ފަރާތް ތަކުން 11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ ކައުންޓަރަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު.(ސިވިލްސަރވިސް ގެ ވަޒީފާއަށް އެދޭ ފޯމު) މި ފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.gdhhc.gov.mv އިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން ޑައުން ލޯޑް ކުރެވެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ،
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840015 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރު 6840015 އީމެއިލް އެޑްރެހަކީ [email protected]  އެވެ.

5 ޞަފަރު  1436

27 ނޮވެންބަރު 2014