ދިވެހިރާއްޖެ
2023 ވަނަ އަހަރު އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ބިޑް ކާމިޔާބުކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، މި އިދާރާގެ އިޢުލާން ނަންބަރު GS-155/IUL/2022/018 ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
2023 ޑިސެމްބަރ 31 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޙަށް މި ސުކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށް ނަންނޯޓުކޮށް، މަޢުލޫމާތު ދިނުމުގެ ޝެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2023 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ބިޑްރަޖިސްޓްރީގައި ނަން ނޯޓް ކުރުން |
މައުލޫމާތު ދިނުމުގެ ސެސަން |
އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން |
|
2023 ޖަނަވަރީ 8 ން 10 ވަނަ ދުވަހު 12:00 އަށް |
2023 ޖަނަވަރީ 11 ވަނަ ދުވަހު 13:00 އަށް |
2023 ޖަނަވަރީ 18 ވަނަ ދުވަހު 13:00 ށް |
މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ ލައިބްރަރީގައި އޮންނާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ގާނޫނު (2014/19)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. މިމަސައްކަތުގެ މައުލޫމާތު ކަރުދާސް (ބިޑް ޑޮކިއުމަންޓް) މި އިއުލާނާއެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރި ކުރެއްވުމަށް މި ސުކޫލް ވެބްސައިޓް www.adhomadhooschool.edu.mv ށް ޒިޔާރަތްކޮށް، ބީލާން ހުށަހެޅުމަށް ރެޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރަށްވާށެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.
ޝުކުރިއްޔާ