ދިވެހިރާއްޖެ
މި އިދާރާގެ މިދަންނަވާ މަޤާމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު |
އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ (ވަގުތީ) |
ރޭންކް |
ޖީ.އެސް.3 |
ކްލެސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1 |
މަޤާމުގެ ނަންބަރ |
254127 |
އޮފީސް/ އިދާރާ |
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާ |
ސެކްޝަން/ ޔުނިޓް |
އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ |
މުސާރަ |
4465.00 ރުފިޔާ |
ސަރވިސް އެލަވަންސް |
1500.00 ރުފިޔާ |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަޤާމުގެ ޝަރުޠު:
- މަޤާމު މަސައްކަތާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސްކޫލްގެ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- އަތޮޅު ކައުންސިލް އިދާރާއާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް މަރާމާތު ކުރުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން
- ރަށްރަށުގެ ކުޅިވަރު ކުޅޭނެ ތަންތަން ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ރަށްރަށުގެ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް ރިޕޯޓު ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
- ރަށްރަށުގެ ކުޑަކުދިންގެ ޕާކާއި، ރެސްޓިންގ ޕޮއިންޓް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- ޤުދުރަތީގޮތުން ދިމާވާ ކާރިސާގައި ގެއްލުންލިބޭ ތަންތަން މަރާމާތު ކުރަންޖެހޭ މަސައްކަތް ކުރުން.
- ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރުން.
- ރަށްރަށުގެ ކަރަންޓާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- އަތޮޅު ކައުންސިލް އިދާރާގެ އެއްގަމާއި، ކަނޑުގެ ވެހިކަލްތައް ބެލެހެއްޓުން.
- ރަށްރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
- ރަށްރަށުގެ ކުނި ނައްތާލުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
- ފެރީ ދަތުރުތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.
- އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާގުޅޭގޮތުން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުން
- ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކުރުން.
- މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި ޢަމަލު ކުރަން ފަށްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން |
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: |
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ފަހުން ލިޔުމުން އަންގާނެ ވާހަކަ ދެންނެވީމެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ލިޔުންތަކާއެކު 07 ޑިސެންބަރު 2014ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދުވަހުގެ ފައިސާ ލިބޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1.ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެންހުންނާނެއެވެ. 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓްތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (އައިޑީ ކާޑުގެ އަޞްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6500002 ، 6500068 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރައްވަނީ [email protected] އެޑްރެހަށެވެ.
02 ޞަފަރު 1436