ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290-ADMIN/290/2023/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 08 ފެބުރުވަރީ 2023 14:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިސްޕްލާންޓް ސިޓީލާ ނީލަމުގައި ވިއްކާލުން

މި އިދާރާގެ ބެލުމުގެ ދަށުގައިހުރި 15 ޓަނުގެ އައިސް ޕްލާންޓް ސިޓީލާ ނީލަމުގައި ވިއްކާލުން

މި އިދާރާގެ ބެލުމުގެ ދަށުގައިހުރި 15 ޓަނުގެ އައިސް ޕްލާންޓެއް (ކްރަޝަރއާއިއެކު) ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. އެހެންކަމުން އައިސް ޕްލާންޓް ގަތުމަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ހުޅުވާލަމެވެ.

އައިސްޕްލާންޓް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މިއިދާރާއިންވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 2:00 ގައި މި އިދާރާގެ ނޯޓިސްބޯޑު އަދި ފޭސް ބުކް ޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިއިދާރާއަށް ދައްކަވަންވާނެއެވެ. އަދި ފައިސާ ދައްކާ ޚަލާޞްކުރާތާ 01 މަސްދުވަހުގެ ތެރޭގައި ނީލަމުންނެގި މުދާ ގެންދަވަން ވާނެއެވެ.

ސިޓީލާ ނީލަން ނަންބަރު: 01/2023/290

ތަކެތީގެ މަޢުލޫމާތު: ކޮންޓޭނަރައިޒް 15 ޓަނުގެ ފްރެޝް ވޯޓަރ އައިސް ޕްލާން (ކްރަޝަރއާއެކު)

ބޭނުންކުރާ ފެނުގެ ބާވަތް: ސާފު ފެން

ކޮންޑިޝަން: ބްރޭންޑް ނިއު

ނީލަން ފެށޭއަގު: 500000.00 (ފަސްލައްކަ ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 5,000.00 (ފަސްހާސް ރުފިޔާ)

ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިތަކެތި ބަލާލުމުގެ އިންތިޒާމު ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:00 ން މެންދުރު 14:00 އަށް މިއިދާރާއަށް ޙާޟިރުވުމުން، ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 6560005 އަދި މޯބައިލް 9754004 އަށް ގުޅުއްވުން އެދެމެވެ.

             މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.       

08 ޖަނަވަރީ 2023