ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-EP/1/2014/167
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 08 ޑިސެންބަރު 2014 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢްލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން 13 ނޮވެމްބަރ 2014ގައި ކުރި ނަންބަރު IUL)101-EP/1/2014/158)އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އެ ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 08 ޑިސެންބަރު 2014 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތިރީގައިވާ ލިސްޓުގައިވާ ހުރިހާ ތަކެއްޗަށް އަންދާސީހިސާބު ފޯރުކޮށްދެވެން ނެތްނަމަ، ސަޕްލައި ކޮށްދެވޭނެ އައިޓަމްތަކަށް އަންދާސީހިސާބު ހުށަހެޅުއްވޭނެއެވެ.

1. 4 ޕްރިންޓަރ

Heavy Duty Multifunction Printer/ Scanner/ Copying with capacity for Medium sized office with 25 Employees. MED will evaluate the options

- low cost / high toner yield / toner

- long duty cyle for internal components like drums

- automatic document feeder with duplex capabilities

- duplex copying and printing (B/W and Colour)

- speed of printing

(MED will decide from options provided. Preference will be given to products with more features that provide efficiency to the office.)

1 Heavy Duty Multifunction copier/printer

2.   ތިރީގައިއެވާ ސްޕެސިފިކޭޝަންގެ 12 ލެޕް ޓޮޕް 

Mobile optimized processor

Intel® Core™ i3 Series or Equivalent

2.0 GHz, 3M Cache, Two (2) Cores

Processor

SATA support

RAM upgradeable to 4GB

Integrated sound capabilities

Motherboard

2 GB RAM

DDR 2Dual Channel

RAM

500 GB

Hard Disk Drive

Internal or external 16x DVD Writer / Rewriter

Optical Drive

Graphic Adapter

Video Interface

10/100/1000Mbps Gigabit Ethernet,  Integrated 802.11b/g

Network Interface

Three (3) USB 2.0 , One VGA port

Input/ Output Ports

QWERTY Keyboard

Keyboard

Built-in pointing device,

Additional external mouse as an accessory

Pointing Device

Genuine OEM Microsoft Windows 7 Professional 32 or 64‐bit. Licence Key to be provided upon purchase.

Operating System

All drivers for the supplied operating system.

Drivers

Size = 14” widescreen

XGA TFT active colour display

Internal 1024x768 resolution

External 1600x1200 resolution

LCD

Minimum 3 hours continuous use

Battery

Microsoft Office Standard 2010 Genuine. Licence Key to be provided upon purchase.

Additional Software

Laptop carrying bag

Bag

The power adapter should have a flat 3 pin plug compatible for the power sockets used in Maldives. If it is not, the vendor should provide a solution such as travel adapters at no additional cost.

Power Adapter

3.     4 ޕްރޮޖެކްޓަރ

Dual use projector Ceiling Mountable + desk

- Native Resolution not less than 1024 x 786 px

- Brightness not less than 2200 Lumens

- Contrast ration not less than 2000:1

(The above criteria are minimum requirement. MED will decide from options provided and based on the above criteria)

Projectors

4. 4 ފެކްސް މެޝިން

Dedicated Laser Fax Machine

Handset

Fax Machines

މިނިސްޓްރީން ބަލާނެ ކަންތައްތައް

  1. ހުށަހަޅާ އައިޓަމްތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ މިކަރުދާހުގައިވާ ބަޔާންކޮށްފައިވާ ފެންވަރަށެވެ.
  2. ބިޑް އިވެލުއޭޓްކުރާއިރު ދިގު މުއްދަތެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަކެތީގެ ވިޔަފާރިކޮށް ތަޖުރިބާ ހުރި ފަރާތްތަކާއި އަދި އާފްޓަރސޭލް ސަރވިސް/ މެއިންޓެނަންސް ދެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  3. ބިޑް އެޕްލިކޭޝަން ފޯމު ފުރިހަމަކުރަންވާނެއެވެ
  4. ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަތަކެތި މި މިނިސްޓްރީގައި ޓެސްޓުކުރެވޭނެއެވެ. އަދި ސްޕެސިފިކޭޝަން އަށް ނުފެތޭނަމަ އެއެއްޗެއް ގަބޫލެއް ނުކުރެވޭނެއެވެ. އަދި އެތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މި މިނިސްޓްރީއަށް ހޯދައިދޭންވާނެއެވެ.
  5. ތަކެއްޗަށް އަގުދެވޭނީ ހުރިހާ އައިޓަމެއް މިނިސްޓްރީއާ ޙަވާލުކުރުމުންނެވެ.
  6. ހުށަހަޅާ އަންދާސީހިސާބު 30 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން.

  1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ. ހެވީ ޑިއުޓީ މަލްޓިފަންކްޝަން ކޮޕިއަރ/ޕްރިންޓަރ، ލެޕްޓޮޕް، ޕްރޮޖެކްޓަރ އަދި ފެކްސް މެޝިންގެ ގެ އަގު ހުށަހަޅަންވާނީ ވަކި ހަތަރު ޑޮކިއުމަންޓެއްގެ ގޮތުގައެވެ.
  2. ޑެލިވަރީ މުއްދަތު ހުންނަންވާނީ ދުވަހުންނެވެ.
  3. ވޮރަންޓީ މުއްދަތު ހުންނަންވާނީ މަހުގެ ޢަދަދުންނެވެ.
  4. އަގު ހުށަހަޅާފައިވަނީ ޖީ.އެސް.ޓީ ހިމަނައިގެންކަމަށް ބެލެވޭނެއެވެ.

ބީ.ޑީ.އެސް.ސީ ޤާއިމްކުރާ ރަށްތަށް

- ލ. ފޮނަދޫ

- ދ. ކުޑަހުވަދޫ

- ގދ. ތިނަދޫ

- ޅ. ނައިފަރު

މާރކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލު

ފޯމިއުލާ

އަގު

60%

  • ހުށަހަޅާފައިވާ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކްއެއްކަމުގައި ބަލައިގެންކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Price / Submitted Price) x Allocated Percentage

ޑެލިވަރީ ޕީރިއަޑް

10%

  • ތަކެތި މިނިސްޓްރީއާއި ހަވާލުކުރެވޭނެ މުއްދަތަށް ދޭ މާކްސް
  • މާކްސްދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކްއެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Delivery / Submitted Delivery) x Allocated Percentage

ތަކެތީގެ ވޮރަންޓީ

15%

  • ގަންނަ ތަކެތި މުވައްޒަފެއްގެ އިހުމާލަކާ ނުލައި ހަލާކުވެއްޖެނަމަ ހަދާދިނުމަށް ދޭ މުއްދަތަށް މާކްސް ދޭވަރު

(Warranty Period / Bench Mark) x Allocated Percentage

ސަރވިސް ވޮރަންޓީ

10%

  • ސަރވިސް ދިނުމަށް ހުށަހަޅާފައިވާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Warranty Period / Bench Mark) x Allocated Percentage

ކޮމްޕެނީ ޕްރޮފައިލް

5%

  • ކޮމްޕެނީ ޕްރޮފައިލް އަށް ބަލައި 1-10 ދެމެދުގެ މާކްސްއެއް ދެވޭނެއެވެ.
  • މީގެ ކުރިން ކޮމްޕެނީގެ ފަރާތުން ކުރެވިފައިހުރި މުޢާމަލާތްތަކަށް ބަލައި 1-10 ދެމެދުގެ މާކްސްއެއް ދެވޭނެއެވެ.

2 Major questions with 10 max points each =20, four members of BEC, Max marks attainable from questions=80 points.

(Points attained/80)x allocated %

  1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީއިން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީއިން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  3. ބިޑް އިވެލުޝަންއަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 08 ޑިސެންބަރު 2014 ގެ 10:00 އަށް މިމިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ބިޑް އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ސީ.ޕީ.އެމް.ޔޫ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މާލެ،ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 08 ޑިސެންބަރު 2014 ގެ 10:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމްގައި، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7931645 އަށް ގުޅުއްވުން އެދެމެވެ.

‏08‏ ޞަފަރު‏ 1436

30 ނޮވެންބަރު 2014