ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)289/289/2023/02
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 15 ޖަނަވަރީ 2023 14:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް ( ވޭޖް އެމްޕްލޮއިމަންޓް )

އިޢުލާން

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޮއިމަންޓް

ބޭނުންވާ އަދަދު:

2

ކޮންޓްރެކްޓްގެ މުއްދަތު:

1 އަހަރު

އޮފީސް / އިދާރާ:

ނ. ލަންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ. ލަންދޫ އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރ

މުސާރަ:

މިނިމަމްވޭޖުގެ ދަށުން މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/33.65 ( ތެއްތިރީސް ރުފިޔާ / ފަސްދޮޅަސް ލާރި )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1 – ލަންދޫގައި ރައްކާތެރިކަމާއެކު ކުނި ނައްތާލާ ނިޒާމުގެ ދަށުން ލަންދޫ ކައުންސިލްގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓްގެ މުވައްޒަފެއްގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

2 -  ލަންދޫގައި ޤާއިމުކުރެވިފައިވާ ރައްކާތެރިކަމާއިއެކު ކުނި ނައްތާލާ ނިޒާމްގެދަށުން ކުނިކޮށީގެ މަސައްކަތު މީހެއްގެ ގޮތުން މަސައްކަތް ކުރުން

3 – ކުނި ނައްތާލާ ނިޒާމުގައި ހަރަކާތްތެރިވާ ސްޕަވައިޒަރ ހަވާލުކުރާ މަސައްކަތް ކުރުން

4 - ކުނިގޮނޑުގައި އެކުނިތައް ރައްކާތެރިކަމާއިއެކު އަންދާލައިގެން ނައްތާލައި އަދި އެކަންކަން ކުނިކޮށީގައި އަދި ކުނިގޮނޑުގައި މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން

 5 – މި ނިޒާމްގައި ކުނިކޮށީގައި އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުގައި ބޭނުންކުރާ ޑަސްބިންތައް ސާފްކޮށް ބެލެހެއްޓުން އަދި ކުނި ނައްތާލާ ނިޒާމުގެ ދަށުން ކަނޑައެޅިފައިވާ ބައިތަކަށް ވަކިކޮށް އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނި ބެހެއްޓުން

 

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަންދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން

މަސައްކަތު ގަޑި:

 

މަސައްކަތްކުރަންޖެހޭނީ ، ކޮންމެ ދުވަހަކުވެސް 6 ގަޑިއިރުއެވެ.

ހެނދުނު – 06:00 ން 10:00 އަށް

ހަވީރު – 16:00 ން 18:00 އަށް

 

ވަޒީފާއިން ވަކިކުރުން:

މިމަސައްކަތުގައި އުޅޭ މުވައްޒަފުންނާއި ދެމެދު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުމާއި ޚިލާފުވުމުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް އެމީހަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

 

ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި :

1 – ވަޒީފާއަށް އެދޭ ފޯމް

2 – ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ސާފުކޮޕީ

3 – ލިބިފައިވާ އެހެނިހެން ސެޓްފިކެޓް

4 – މަސައްކަތު ތަޖުރިބާ ބަޔާންކުރާ ލިޔުމުގެ ކޮޕީ ( މީގެ ކުރީގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ އެކަން އަންގައިދޭ އެތަނަކުން ދޫކޮށްފައިވާ ލިޔުން )

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖެނުއަރީ 2023 ގެ 14:00 ގެ ކުރިން، ލަންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ޖެނުއަރީ  2023  އާއި 17 ޖެނުއަރީ 2023 އާ ދެމެދު ލަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީހުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560007/6563758 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

05 ޖަނަވަރީ 2023