މަސައްކަތް
ނަންބަރު: (IUL)213-PR/213/2023/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 18 ޖަނަވަރީ 2023 11:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ ގ.ދ ގައްދޫ ކެމްޕަސް ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކުގެ ގ.ދ ގައްދޫ ކެމްޕަސް ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެ.

މޯލްޑިވްސް ޕޮލިޓެކްނިކްގ ގ.ދ ގައްދޫ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 12 ޖަނަވަރީ ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ބީލަން ހުށަހެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 18 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ

ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅަން ވާނެއެވެ. (ސީ.ޑީ/ޕެންޑުރައިވް.) އަދި ބީލަމުގެ ޖަދުވަލު 1ގައިވާ ހުރިހާ ލިޔުންތައް ފުރިހަމަ ކޮށްފައިހުންނަން ވާނެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގެ

ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305420 އާއި ގުޅުއްވުން އެދެމެވެ.

 

5 ޖަނަވަރީ 2023

05 ޖަނަވަރީ 2023