ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2023/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 12 ޖަނަވަރީ 2023 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުސްބިންތަކުގައި ބަހައްޓާފައި ހުރި ތަކެތީގެ ވެރިފަރާތްތަކުން އެތަކެތި ނަގަން އެންގުން

ހއ. ދިއްދޫ އައު އިންޖީނުގެ ހިމެނޭ ސަރަޙައްދު ޣާޒީ މަގު (ރިންގު ރޯޑް) މަގުގެ އިން ވަކި ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، އެ ސަރަޙައްދުގައި ހިމެނޭ ގޯތިތަކާއި އެއް އިންވެގެން ހުރި ހުސްބިންތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި، މަގު ސާފުކުރުމުގެ މަސައްކަތް މި ކައުންސިލުން މިދަނީ ކުރަމުންނެވެ.

ވީމާ، މި ސަރަޙައްދުގައި ހިމެނޭ ހއ. ދިއްދޫ "ޝާރާޒް" އެވެ ކިޔޭ ގޯތި (ހއ. ދިއްދޫ ވައިލެޓްމަގުގެ އުތުރުން ނިމޭކޮޅު) ފެށިގެން ހއ. ދިއްދޫ "ލަޔާން" އެވެ ކިޔޭ ގޯތި (ހއ. ދިއްދޫ ފެކްޓަރީ މަގު) އާއި ހަމައަށް މި ސަރަޙައްދުގައި އެއްވެސް ފަރާތަކުން ތަކެތި ބަހައްޓާފައިވާނަމަ، އެ ތަކެތި މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ގެންގޮސް ނިންމެވުން އެދެމެވެ.

އަދި މި މުއްދަތުގެ ފަހުން އެ ސަރަޙައްދުގައި އެއްވެސް ފަރާތެއްގެ ތަކެތި ވާނަމަ އެ ފަދަތަކެއްޗަކީ ވެރިފަރާތެއް ނެތް ތަކެތި ކަމުގައި ބަލައި، މި ކައުންސިލުން އެ ތަކެތި ނައްތާލާނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

05 ޖަނަވަރީ 2023