ޢާންމު މަޢުލޫމާތު
ނަންބަރު: MED/153-FHS/2014/07
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:42
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނާބެހޭ

މޯލްޑިވްސް ބޯޑު އޮފް ހެލްތް ސައިންސަސްގައި ރަޖިސްޓަރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނާބެހޭ

މިފެކަލްޓީގެ ނަންބަރު: 2014/06/MED/153-FHS ގެ އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

އެއިޢުލާނުގައިވާ ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރިގައި މިދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައެވެ.

#

މަސް

ދުވަސްތައް

1

ޖަނަވަރީ

12 ، 13

2

ފެބުރުވަރީ

9 ، 23

3

މާރިޗު

9 ، 23

4

އެޕްރީލް

6 ، 20

5

މެއި

4 ، 18

6

ޖޫން

1 ، 15

އިމްތިޙާނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.

- އިމްތިޙާނު އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނައި) ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުން.

- އިމްތިޙާނު އޮންނަ ދުވަހު އިމްތިޙާނު ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ހާޒިރުވުން.

- އިމްތިޙާނަށް ހާޒިރުވާއިރު ޕާސްޕޯޓް (ބިދޭސީ ފަރާތެއްނަމަ) ، ނެޝަނަލް އައި. ޑީ ކާޑު (ދިވެއްސެއްނަމަ) ، އިމްތިޙާނަށް ދައްކަންޖެހޭ ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް އިން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް ނުވަތަ އެބޯޑުން ދެއްވާ އިންޓަރވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.

އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

05 ޞަފަރު 1436  

27 ނޮވެންބަރު 2014