ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)232-CE/232/2023/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:39
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ދެމުންގެންދާ އައިޑީކާޑުގެ ހިދުމަތް ދިނުން ހުއްޓާލުން

 

އިޢުލާން

 

މިއިދާރާއިން ދެމުންގެންދާ އައިޑީކާޑުގެ ހިދުމަތް ދިނުން ހުއްޓާލުން

            އައިޑީކާޑުގެ ހިދުމަތަކީ ރަށު ކައުންސިލްތަކުން ދެމުންގެންދާ ހިދުމަތަކަށްވާތީވެ، މި އިދާރާއިން ދެމުން ގެންދިޔަ އައިޑީކާޑުގެ ހިދުމަތް، މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާއިން ކުރަމުންގެންދާނެ ވާހަކަ ދަންނަވަމެވެ.  

            ވީމާ، 08 ޖެނުއަރީ 2023 (އާދިއްތަ) ދުވަހުން ފެށިގެން އައިޑީކާޑުގެ ހިދުމަތަށް އެދިލައްވާ ބޭފުޅުން މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާއިން ހިދުމަތް ހޯއްދެވުމަށް ދަންނަވަމެވެ.

                              13 ޖުމާދުލްއާހިރާ 1444

                             05 ޖަނަވަރީ 2023

05 ޖަނަވަރީ 2023