ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)440-MSD/440/2014/45
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 04 ޑިސެންބަރު 2014 15:00
ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ މީހުންގެ ރުއްގަހުގައި ހުރި ނަންބަރުތައް ފާހަގަކުރެއްވުން

ފުވައްމުލަކު ދިގުވާނޑު ސޯސަންމަގުގެ ދެކުނުން އަޙްމަދު ޢަލިދީދީ ކްރިކެޓް ގްރައުންޑުގެ ހުޅަނގުން ހައުސިންގ ޔުނިޓް އެޅުމަށް ޚާއްޞަކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގައި މިހާރުވަނީ ނަންބަރު ޖަހާފައެވެ.

ވީމާ، މިބިމުގައި ހުރި އަމިއްލަ މީހުންގެ ރުއްގަހުގައި ހުރި ނަންބަރުތައް ފާހަގަކުރައްވައި، އެފަރާތެއްގެ ރުއްގަހުގައި ހުރި ނަންބަރުތައް 04 ޑިސެންބަރު 2014 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.

މިހެންވެ މިކަން އަންގައި އިޢުލާން ކުރަމެވެ.

9 ޞަފަރު 1436

01 ޑިސެންބަރު 2014