މަސައްކަތް
ނަންބަރު: (IUL)317-PP/AD/2023/2
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 16 ޖަނަވަރީ 2023 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އުތުރު ފަރާތުގައި ބެހެއްޓިފައިހުރި ރުއްގަސް ތަކާއި ބުޑުތަށް ނަގައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު ބަނދަރު ސަރަހައްދުންނާއި އުތުރު ފަރާތުން ކަނޑާލެވި އަދި ބަހައްޓާފައިވާ ރުއްގަސްތަކާއި އެތަކެތީގެ ބުޑުތަށް ނަގައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖަނަވަރީ 2023 ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 16 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި ދޮންފަނު ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ، އަންދާސީ ހިސާބާއި އަދި މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާނަމާއި އިޢުލާނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން އަދި އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި މީހަކު ފޮނުވާކަމުގެ ސިޓީއާއި ފޮނުވާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.                   

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

05 ޖަނަވަރީ 2023