ޢާންމު މަޢުލޫމާތު
ނަންބަރު: ( IUL )241-A/241/2023/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 25 ޖަނަވަރީ 2023 00:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓޭޓްހައުސްގައި ކުރިން ބޭނުންކުރަމުން އައި އިމާރާތަށް ބަދަލުގެނެސް މަރާމާތު ކުރުމާއިބެހޭ

‍‍‍‍‍‍‍‍‍

                  

                                                                      ނަންބަރ. (IUL)241-A/241/2023/1

އިޢުލާން

 ސްޓޭޓް ހައުސްގައި  ކުރިން ބޭނުންކުރަމުން އައި އިމާރާތަށް ބަދަލުގެނެސް މަރާމާތުކުރަން ބޭނުންވެއްޖެވެ.  

                  ގއ.އަތޮޅުސްޓޭޓް ހައުސް ގެ ދެކުނުން ގުދަނެއްގެ ގޮތުގައި ބެނުންކުރަމުން އައި އިމާރާތުގައި   ބަދިގެ، ގުދަން އަދި ލޯންޑްރީއެއްގެ އިތުރުން އިސްތިރިކުރާ ބައެއް  ހަދަން ބޭނުންވާތީ އަމިއްލަ ތަކެތީގައި މިމަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.        

                 ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2023ވާ ބުދަ  ދުވަހުގެ 13.00އަށް       މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް )  (  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ .

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސް .

ގުޅޭނެ މޮބަލް ނަންބަރ.

                  ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަރާމާތާއި   ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 16 ޖަނަވަރީ 2023 ވާ ހޯމަ  ދުވަހުގެ 13:00ގައެވެ. ގއ. އަތޮޅުކައުންސިލް އިދާރާގައެވެ.  މިމަސައްކަތް ކުރުމަށް  އެދި ހުށަހަޅާ ޕްރޮޕޯސަލް 25 ޖަނަވަރީ 2023ވާ ބުދަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ ބިޑް ހުށަހަޅާ އިރު ހުރިހާ ކަރުދާސް ތަކެއް ހީރަސް ކުރެވި ސިޓީ އުރައެއްގައި ބަންދުކުރެވި ސިޓީއުރައިގައި އިޢުލާން ނަންބަރާއި ބިޑްގެ ނަން ޖައްސަވާ ދެއްވުން އެދެމެވެ.

 

 

                 މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތްކުރުމުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ. ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  • ހުށަހަޅާ އަގަށް                    60%
  • މުއްދަތަށް                       10%
  • ލިބިފައިވާ ތަޖުރިބާ އަށް              20%
  • މާލީ ތަނަވަސްކަމަށް                10% ( މާލީ ތަނަވަސްކަން ހުރި ކަމަށް ބަލައިގަނެވޭނީ ހުށަހަޅާ ފަރާތުގެ

 

 ބޭންކް ސްޓޭޓްމެންޓް ނުވަތަ ގެރެންޓަރ ދޭ ފަރާތެއްގެ ލިއުމެއް ) ހުށަހެޅުމުންނެވެ. އިޢުލާނުގައި ޕޮއިންޓް ދިނުމަށް

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                            މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .

                13  ޖުމާދަލް އާޙިރާ   1444ހ.  

                05   ޖަނަވަރީ      2023 މ.

 

                                                          

 

05 ޖަނަވަރީ 2023