ނީލަން
ނަންބަރު: (IUL)395/395/2023/2
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި:
12 ޖަނަވަރީ 2023 16:15
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްޖިދުލް އިނާރާއިން ނަގާފައިވާ ކާޕެޓްތައް ނީލަން ކިޔުމާއި ގުޅޭ
މިކައުންސިލްގެ (IUL)395-02/395/2022/107 (22 ޑިސެމްބަރ) އިޢުލާނު ބާތިލްކޮށް އަލުން އިޢުލާނުކުރަމެވެ. މަސްޖިދުލް އިނާރާއިން ނަގާފައިވާ ކާޕެޓްތަކެއް ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. އަދި މިނީލަންކިޔުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 12 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:15 ގައި އިނާރާ މިސްކިތުގައެވެ.
ވީމާ، މިނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މިސަރަހައްދަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަމުން ނަގާ ތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ ފައިސާ ދެއްކުމަށް ފަހުގައެވެ. އަދި ނީލަން ކިޔާ ދުވަހުން ފެށިގެން 03 ދުވަހުގެ ތެރޭގައި ނީލަމުން ނަގާ ތަކެތި ނުގެންދަވައިފިނަމަ ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން މިތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.
04 ޖަނަވަރީ 2023