ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290-ADMIN/290/2023/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 05 މާރިޗު 2023 12:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

މިލަދުންމަޑުލު ދެކުނުބުރީ  މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ 69 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގް މިނިސްޓްރީން ފާސްކޮށް ދެއްވާފައިވާ ލޭންޑް ޔޫސް ޕުލޭން ގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ތަކުންނެވެ.

ވީމާ، އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "ނ.މާފަރުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގެވަޅަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލަމެވެ.

ފޯމު ދޫކުރުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖަނަވަރީ 05 އިން 2023 މާރޗް 05 ގެ ނިޔަލަށެވެ. (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށެވެ.)

އިތުރުމަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6560005 ފޯނާއެވެ.

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އެއީ؛

  • ގޯއްޗައް އެދި ހުށަހަޅާ ފޯމް
  • ނ. މާފަރުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
  • ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ރަށުގެ ޗާޓު
  • ލިބިފައިވާ އަދި ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  • ތަރިކަ އިޤްރާރު

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                                   05 ޖަނަވަރީ 2023

05 ޖަނަވަރީ 2023