ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/122/11/2014 |
އައިޓީއާ ގުޅޭ ތަކެތި ވިއްކާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:
މިކޯޕަރޭޝަނަށް 12 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/117ނަންބަރު އިޢުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯޒަލްގައި ދީފައިވާ މަޢުލޫމާތު ރެކުއަރމެންޓް ޞައްޙަ ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޑިސެންބަރު 2014 ބުރާސްފަތި ދުވަހުގެ 1:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޑިސެންބަރު 2014 އަންގާރަ ދުވަހުގެ 1:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.
05 ޞަފަރު 1436