ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2023/5
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 18 ޖަނަވަރީ 2023 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

(IUL)10-C/10/2023/5 :ނަންބަރު

އިޢުލާނު

 

މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-346456

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒު /ރެކްރޫޓްމަންޓް އެންޑް ޕާސަނަލް ޔުނިޓް / ހިއުމަން ރިސޯސް ސެކްޝަން/ ކ.މާލެ

މުސާރަ:

މަހަކު 5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ މަހަކު މުސާރަ ނިންމަންޖެހޭ ތާރީޚުގެ ކުރިން މިނިސްޓްރީ، އަތޮޅު ސްޓޭޓްހައުސް، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ މުވައްޒަފުންގެ ޕެންޝަނާއި މުސާރައާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް ނިންމުން.
  2. މިނިސްޓްރީ، އަތޮޅު ސްޓޭޓްހައުސް، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ  މުވައްޒަފުންގެ ސަލާމާއި ޢާއިލީ ޒިންމާ ނޯޓް ކުރުމާއި، ސަލާމާއި ޢާއިލީ ޒިންމާ ފޯމް  ލިބުމުން ގަވާއިދުން އެޗް.އާރު ސިސްޓަމަށް އަދާހަމަކޮށް ޕަރސަނަލް ފައިލުގައި ފައިލް ކުރުން.
  3. މިނިސްޓްރީ، އަތޮޅު ސްޓޭޓްހައުސް، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް  އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ  މުވައްޒަފުން  ޗުއްޓީއަށް އެދުމުން، ޗުއްޓީ ފެށުމުގެ ކުރިން ޗިޓް ތައްޔާރުކޮށް ހަވާލު ކުރުމާއި، ޗުއްޓީގެ ރެކޯޑްސް އަދާހަމަކޮށް ޕަރސަނަލް ފައިލުގައި ފައިލް ކުރުން.
  4. މިނިސްޓްރީ، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަންލް ރީ-އިންޓަރގްރޭޝަން ސެންޓަރު މުވައްޒަފުންގެ އިތުރުގަޑިއާއި ޙާޟިރީއާ ގުޅިގެން ޔުނިޓަށް ލިބޭ ސްލިޕް، ގަވާއިދުން އެޗް.އާރު ސިސްޓަމަށް އަދާހަމަކޮށް، ފައިލްކުރުން.
  5. މިނިސްޓްރީ، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަންލް ރީ-އިންޓަރގްރޭޝަން ސެންޓަރ މުވައްޒަފުންގެ ޕާސަނަލް ރެކޯޑްފައިލްތައް ގަވާއިދުން އަދާހަމަކޮށް ބެލެހެއްޓުން.
  6. މިނިސްޓްރީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، އަތޮޅު ސްޓޭޓްހައުސް އަދި އެން.އާރު.ސީގެ މުވައްޒަފުންނަށް ލިބެންވާ އެލަވަންސްތަކާއި ޢިނާޔަތްތައް ހަމަޖެއްސުމަށް ޔުނިޓުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، ޙާޟިރީ / ޗުއްޓީއާ ގުޅިގެން ޔުނިޓަށް އަންނަ ސިޓީ/މެމޯ/ނޯޓް ތަކަށް ޔުނިޓުގެ ވެރިޔަކު ވިދާޅުވާގޮތުގެ މަތިން ޖަވާބު ފޮނުވުން.
  7. ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ސިޔާސީ ބޭފުޅުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމާއި، ޕީ.އެސް ގެ ޙާޟިރީ ރިޕޯޓް ކޮންމެ މަހެއްގެ 20 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.
  8. ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން، މިނިސްޓްރީއާއި ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ނެގުމަށްފަހު، ގަޑިޖެހޭ އަދި ހާޒިރުނުވާ މުވައްޒަފުންގެ މަޢުލޫމާތު އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގައި، ޕީ.އެސް. އަށް ރިޕޯޓް ފޮނުވުނުވުން. އަދި ކްރެޑިޓަށް ނަގާފައިވާ ލޯން ޕޭމަންޓް ޑީޓެއިލްސް އެ ތަންތަނަށް ފޮނުވުން.  
  9. ނޯޕޭ ލީވްއާއި ޕޭލީވްގައި ހުންނަ މުވައްޒަފުން އޮފީހަށް ނުކުތުމުން، އެ މުވައްޒަފުންގެ ޗުއްޓީ ގުނަންފަށާ ތާރީޚު ޗެކްކުރުމަށްފަހު، ސި.އެސް ވިއުގަ 2.0 އަށް އަޅާއި، އެޗް. އާރު ސިސްޓަމުން އަދާހަމަކޮށް، އެ މުވައްޒަފުންނަށް އެކަން ލިޔުމުން އެންގުން.
  10. ވަޒީފާގައި އުޅޭ/ ވަކިވެފައިވާ މުވައްޒަފުން އެދުމުން ގަވައިދުގައިވާ ގޮތުގެމަތިން ކަމާބެހޭ ލިޔުން ތައްޔާރުކޮށް މުވައްޒަފާ ޙަވާލުކުރުން.
  11. ޔުނިޓުގެ ދުވަހުގެ ޔައުމިއްޔާ ގަވާއިދުން ލިޔުމާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ސެކްރެޓޭރިއަޓްކަން ބެލެހެއްޓުން.
  12. ސިވިލް ސަރވިސް ގަވާއިދަށް އަންނަ ބަދަލާއި ގުޅިގެން ނުވަތަ އެނޫންވެސް ބަދަލެއް އެޗް. އާރު ސިސްޓަމަށް ގެންނަން ޖެހިއްޖެނަމަ، އަދި ދިމާވާ މައްސަލައަކާ ގުޅިގެން ހައްލު ކުރަންޖެހޭ ކަންތައްތައް، ސޮފްޓްވެއަރ ޑިވެލޮޕްކުރި ފަރާތާ ގުޅިގެން ހައްލުކުރުމަށް މަސައްކަތް ކުރުން.
  13. ޔުނިޓްގެ މުވައްޒަފަކު ނެތް ޙާލަތެއްގައި ވެރިން އަންގަވާ ގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތް ކުރުން.
  14. މުޅި މިނިސްޓްރީ ޝާމިލުވާގޮތަށް މިނިސްޓްރީން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓު / ހިއުމަން ރިސޯސް މެނޭޖްމަންޓު / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓު
  • ހިއުމަން ރިސޯސް މެނޭޖްމަންޓު
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

       ހިއުމަން ރިސޯސް މެނޭޖްމަންޓު

 

  • ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

މަޤާމުގެ މަސައްކަތު ދާއިރާތައް:

 

  1. ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2023 ޖަނަވަރީ 29 އާއި ފެބްރުވަރީ 09 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031542 ނުވަތަ 3031543 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

13 ޖުމާދަލްއާޚިރާ 1444

05 ޖަނަވަރީ 2023