ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: KACL/iulaan/2014/011
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 04 ޑިސެންބަރު 2014 11:00
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓަށް މިނީ ވޭން ހޯދުމާބެހޭ

ކައްދޫ އެއަރޕޯޓުގައި ބޭނުންކުރުމަށް މިނީ ވޭނެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިނީ ވޭން ސަޕްލައިކޮށްދިނުމަށް ބޭނުންވެލައްވާ ފަރާތްތަކުން 04ޑިސެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ޑިސެންބަރު 2014 (ހޯމަ) ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 3323776 ، 3323470 އާ ގުޅުއްވުން އެދެމެވެ.

05 ޞަފަރު 1436

27 ނޮވެންބަރު 2014