ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-MNIS-A/141/2023/4
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 12 ޖަނަވަރީ 2023 12:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާ ދެއްވާނެ އިންސްޓްރަކްޓަރުން ހޯދުމަށް މުއްދަތު އިތުރުކުރުން

                                   އިޢުލާން

ކޯހުގައި ކިޔަވާ ދެއްވާނެ އިންސްޓްރަކްޓަރުން ހޯދުމަށް މުއްދަތު އިތުރުކުރުން

މި އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ "ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް" ކޯހުގައި ކިޔަވައިދެއްވާނެ އިންސްޓްރަކްޓަރުން ހޯދުމުގެ ގޮތުން ކުރެވިފައިވާ މިއިންސްޓިޓިއުޓްގެ ނަންބަރު: IUL)141-MNIS-A/141/2022/373) (26 ޑިސެމްބަރ 2022) އިޢުލާނުގެ މުއްދަތު އިތުރުކޮށްފީމެވެ.

މި ކޯހުގައި ކިޔަވައިދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 26 ޑިސެމްބަރ 2022 ވަނަ ދުވަހުން ފެށިގެން ޢާއްމުކޮށް ވަނީ ހުޅުވާލެވިފައެވެ. އަދި މިހާތަނަށް ކޯހަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އިތުރަށް ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.

ކޯހުގެ ނަން:ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް

އެލަވަންސް:ގަޑިއަކަށް -/400 ރުފިޔާ (މެޓީރިއަލް ޑިވެލޮޕްކުރުމާއިއެކު)

މުއްދަތު:  01 އަހަރު (12 މަސް) (ގަޑިއިރު:400)  

ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ. ބޯޅަގެ)

ކްލާސްތައް ބޭއްވޭ ގަޑިތައް: ހަވީރު އަދި ރޭގަނޑު (އިންސްޓިޓިއުޓުން ކަނޑައަޅާ ގަޑިތަކުގައި)

ކޯހުގެ މޮޑިއުލްތައް:

-         ބިޒްނަސް ސްޓްރެޓެޖީ އިން މެނޭޖްމަންޓް އެންޑް ސްޕޯޓްސް

-         މެނޭޖިންގ ޕީޕަލް އިން ސްޕޯޓްސް އޯގަނައިޒޭޝަން

-         މާކެޓިންގ އެންޑް ޕްރޮމޯޝަންސް އިން ސްޕޯޓްސް

-         ސްޕޯޓްސް ޑިވެލޮޕްމަންޓް

-         ކަސްޓަމަރ ކެއަރ އެންޑް ސާވިސް ކޮލިޓީ

-         ހެލްތް ޕްރޮމޯޝަން އެންޑް ފިޓްނަސް

-         ޓެކްނޮލޮޖީ އެންޑް ސްޕޯޓްސް

-         ލީޑާޝިޕް އިން ސްޕޯޓްސް

ޝަރުތު:

  1. ސްޕޯޓްސް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއަކުން ލެވެލް 5 އަށް ވުރެ މަތީ ފާހެއް އޮތުން
  2. މިފަދަ ކޯހެއް ހިންގުމަށް މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  3. ކިޔަވައި ދިނުމުގެ ޤާބިލްކަން ހުރުމާއިއެކު މެޓީރިއަލްސް ޑިވެލޮޕްކުރުމުގެ ޤާބިލްކަންހުރުން

ސިޓީ ހުށަހަޅަންޖެހޭ ތަނާއި ތާރީޚު:

ތަން:އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނީ ގޫގުލް ލިންކް https://docs.google.com/forms/d/1giFCzt-tBY0M9xLTtvAyMQqVByFklzWv4GJ6BkMSzfc/edit  މެދުވެރިކޮށް ނުވަތަ މިއިންސްޓިޓިއުޓްގެ އީމެއިލް [email protected] މެދުވެރިކޮށެވެ.

ސުންގަޑި: 12 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިންސްޓިޓިއުޓުގެ އީމެއިލް [email protected] އަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ (ދެފުއް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ)

-          ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖަހާފައިވާ)

-          މަސައްކަތު ތަޖުރިބާގެ ލިޔުންތައް

-          ވަނަވަރު

ނޯޓް:

  • ކޯހުގައި ކިޔަވައި ދިނުމަށް ފުރުޞަތު ދިނުމުގައި، ގުޅުންހުރި ދާއިރާގައި ކިޔަވައިދެއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • 2 މޮޑިއުލްއަށްވުރެ ގިނަ މޮޑިއުލްއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް މޮޑިއުލްތައް ދިނުމާމެދު ގޮތެއް ނިންމަވާނީ މިއިންސްޓިޓިއުޓުންނެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3347339 / 7925046 އަށް ގުޅުއްވުން އެދެން.

05 ޖަނަވަރީ 2023