ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2022/606
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:42
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ސިޓީ ސްކޮޔަރ އެކި ޙަފްލާތަކަށް ކުއްޔަށް ދޫކުރުމުގެ އުސޫލު އާންމު ކުރުމާ ގުޅޭ

އިޢުލާން

 

އައްޑޫސިޓީގެ ސިޓީ ސްކޮޔަރ އެކި ޙަފްލާތަކަށް ކުއްޔަށް ދޫކުރުމުގެ އުސޫލު އާންމު ކުރުމާ ގުޅޭ

މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 140 ވަނަ މާއްދާގެ (ހ) ގެ ދަށުން، އައްޑޫސިޓީ ކައުންސިލުން ދޭ ރަށްވެހި ކަމުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އާންމު ޕާކުތަކާއި މުނިފޫހި ފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، އައްޑޫސިޓީ ހިތަދޫގައި ތަރައްޤީކޮށްފައިވާ ސިޓީ ސްކުޔަރ ކުއްޔަށްދިނުމާއި ބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރ426-B(4)/2022/214  (21 ޑިސެމްބަރ 2022) ކައުންސިލްގެ ނިންމުމުން މިއުޞޫލް ފާސްކޮށްފައިވާތީ މިވާހަކަ އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

މި އިޢުލާނާއި އެކު އައްޑޫސިޓީގެ އައްޑޫސިޓީގެ ސިޓީ ސްކޮޔަރ އެކު ޙަފްލާތަކަށް ކުއްޔަށް ދިނުމުގެ އުސޫލު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.

10 ޖުމާދަލްއާޙިރު 1444

04 ޖެނުއަރީ 2023

05 ޖަނަވަރީ 2023