ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2014/93
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 11 ޑިސެންބަރު 2014 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމު:

އެމް. އެސް. 3

ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

ސިސްޓަމްސް މެނޭޖްމަންޓް

ޑިވިޜަން:

7035.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލެވަންސް:

4000.00 ރުފިޔާ

ލިވިންގ އެލަވަންސް:

2462.25 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް:

01

ބޭނުންވާ އަދަދު:

  1. ސޮފްޓްވެއަރ އިންޖީނިއަރިންގ، ކޮމްޕިއުޓަރ ސައެންސް، ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. ސޮފްޓްވެއަރ އިންޖީނިއަރިންގ، ކޮމްޕިއުޓަރ ސައެންސް، ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ އެޕްލިކޭޝަން އަދި ޑޭޓާބޭސްގައި ޞައްޙަ މަޢުލޫމާތު ދެމެހެއްޓުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތައް ކަމަށްވާ ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އިސް މުވައްޒަފުންގެ ލަފާޔާއި އިރުޝާދުގެ މަތިން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނައުން.
  3. ސިވިލް ސަރވިސްގެ ގަވާއިދު ނުވަތަ ޤާނޫނަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނެސް ޓެސްޓްކުރުން.
  4. އެޕްލިކޭޝަންއާއި ޑޭޓާބޭސް ޑިސެންޓްރަލައިޒްކުރުމަށް ކުރެވޭ މަސައްކަތް ބެލެހެއްޓުން.
  5. ކޮމިޝަނުގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ އެހެނިހެން ސޮފްޓްވެއަރ އެޕްލިކޭޝަންތަކުގެ މަސައްކަތް ކުރުން.
  6. ކޮމިޝަނުގެ އެކި ކަންކަމަށް ބޭނުންވާނެ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ އެޕްލިކޭޝަން ފަރުމާކުރުން.
  7. މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއަރތަކުގެ ޑިޒައިން އަދި ސްޓްރަކްޗަރ އެންމެ އެކަށީގެންވާ މިންވަރަށް ދެނެގަތުމުގެ މަސައްކަތް ކުރުން.
  8. ސިސްޓަމް ފަރުމާކޮށް ޓެސްޓްކޮށް، އެކި ސްޓޭޖްތަކުގައި ސިސްޓަމް ޑޮކިއުމެންޓޭޝަން ތައްޔާރުކުރެވޭވަރުގެ ޤާބިލުކަން ހުރުން.
  9. ސަރުކާރުގެ މަސްއޫލު އޮފީސްތަކުންނާއި އެހެނިހެން ފަރާތްތަކުން ސިވިލް ސަރވިސްއާ ބެހޭގޮތުން ބޭނުންވާ ތަފާތު ބާވަތްތަކުގެ ތަފާސްހިސާބު ނެގުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:                 

 

 

  • ތަޢުލީމާއި ތަމްރީނު %30
  • މަސައްކަތުގެ ތަޖުރިބާ %8
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %30
  • ޕްރެކްޓިކަލްސް %32
  • އިންޓަވިއު މާރކްސް އިން ފާސްވިކަމުގައި ވީނަމަވެސް ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވޭނީ ޕްރެކްޓިކަލްސް އިން މަދުވެގެން %50 ލިބިގެންނެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގެ ކްރައިޓީރިއާ:

  1. PHP، ASP.NET، VB.NET، C#، ފަދަ ލެންގްއެޖް ބޭނުންކޮށްގެން ވެބް އެޕްލިކޭޝަންސް ފަރުމާކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ހުރުން.
  2. MSSQL Server، އަދި MySQL ފަދަ ޑޭޓާބޭސް ބޭނުންކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. AJAX ޓެކްނޯލޮޖީ ފަދަ އާލާތްތައް ބޭނުންކޮށް މޮޑިއުލަރ ބޭސްޑް ޕްރޮގްރާމިންގ ކުރުމުގެ ތަޖުރިބާ ހުރުން.
  4. T-SQL ބޭނުންކޮށްގެން ޑޭޓާބޭސް ކްއެރީ ކުރުމުގެ ތަޖުރިބާ ހުރުން.
  5. ގްރެފިކް ޑިޒައިން ކުރުމާއި ޔޫޒަރ އިންޓަރފޭސް ފަރުމާކުރުމުގެ ހުނަރު ލިބިފައިވުން.

މަޤާމަށް މީހަކު ހޮވުމުގައި

އިތުރަށް ބަލާނެ ކަންތައްތައް:

މިމަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަގާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް، 2014 ޑިސެންބަރު 14 އާއި 2014 ޑިސެންބަރު 25 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނަށް. (ވެލާނާގެ 12 ވަނަ ފަންގިފިލާ)

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް  ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދަކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ  3303648އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މިކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

04 ޞަފަރު 1436

26 ނޮވެންބަރު 2014