ދިވެހިރާއްޖެ
އިންޑިއާގެ ސޫރަޖްކުންދު މޭލާ އޮތޯރިޓީ އެންޑް ހަރްޔާނާ ޓޫރިޒަމް އްދި ޔޫނިއަން މިނިސްޓްރީ އޮފް ޓޫރިޒްމް، ޓެކްޓައިލްސް، ކަލްޗަރ އެންޑް އެކްސްޓަރނަލް އެފެއާޒް ގުޅިގެން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މަތީގައި ދެންނެވުނު އިވެންޓްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ދައުވަތު އަރުވާފައިވާކަމަށް އިންޑިއާގައިހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ އަންގާފައެވެ. މިގޮތުން މި އިވެންޓްގައި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދެއްވާފައެވެ. މި އިވެންޓްގައި ބައިވެރީންގެތެރެއިން އިންޑިއާގައި ހުރުމާއި ކެއުން އަދި އިންދިއާގެ އެތެރޭގެ ދަތުރުފަތުރު އިންޑިއާގެ އިވެންޓް އިންތިޒާމް ކުރާފަރާތުން އަންގާފައިވަނީ 9 ފަރާތަކަށެވެ.
އެހެންކަމުން މި އިވެޓްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ހުށަހަޅުއްވަން ބޭނުންފުޅުވާ ބައިވެރިންގެ ނެށުން/މިއުޒިކްއާ ގުޅޭ ކުޑަ ވީޑިއޯ ކްލިޕެއް، ހައިރެޒޮލިއުޝަން ފޮޓޯއެއް އެދި ބައިވެރިވާ ވަފުދުގެ ލިސްޓް ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ރިސެޕްޝަން ނުވަތަ [email protected] އީމެއިލްއަށް 12 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ފޮނުއްވައިދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަހު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު 3313456 ނަންބަރު ފޯނަށެވެ.