ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2014/171
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 09 ޑިސެންބަރު 2014 16:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން ޓްރެއިނީ

މަޤާމު :

ޕޯސްޓްމަން ޓްރެއިނީ

ބޭނުންވާ އަދަދު :

1

މުސާރަ :

  1. 4122.00 ރުފިޔާ (ހަތަރު ހާސް އެއް ސަތޭކަ ބާވީސް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

އެލަވަންސް :

  1. 1860.00ރ.
  2. މެއިލް އެލަވަންސް: ކަނޑައެޅިފައިވާ މިންގަނޑަށް ބަހާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން މެއިލް އެލަވަންސް ލިބޭނެއެވެ.
  3. އަމިއްލަ ސައިކަލުގައި މަސައްކަތްކުރާނަމަ ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް :

މެއިލް އޮޕަރޭޝަންސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު :

  • މާލޭގެ ގެތަކާއި/ އެޑްރެސް އަދި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން
  • ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން
  • އަމިއްލަ ދުއްވާއެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
  • ޙަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭ ފަދަ ޤާބިލް ފަރާތަކަށްއިސްކަންދެވޭނެއެވެ

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު ގުޅޭނެ ފޯނު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާގައި މިހާރު އުޅުއްވާ ފަރާތެއްނަމަ  ނުވަތަ ކުރިން ވަޒީފާއެއްގައި އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓު

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 9 ޑިސެންބަރު 2014 ވާ (އަންގާރަ) ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު :

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާތިލްކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ  ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯނު: 3009271،3009272،3009273

ފެކްސް: 3321559

01 ޑިސެންބަރު 2014