ވަޒީފާގެ ފުރުޞަތު
ނަންބަރު: 167-F/1/2014/51
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 09 ޑިސެންބަރު 2014 14:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މަސައްކަތު

މި ސަރވިސްއަށް ތިރީގައި މިދަންނަވާ މަގާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު

މަސައްކަތު

ރޭންކް

އެސް.އެސް 1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ

-/3100 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

ހެޑް އޮފީސް

ބޭނުންވާ އަދަދު

01 ( އެކެއް)

ޝަރުޠު

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

1- އޮފީހުގެ އިމާރާތުގެ އެތެރޭގެ ހުރިހާތަނެއް ފޮޅައި ސާފުކުރުން.

2- އެކިއެކި އޮފީސްތަކާ ހަވާލު ކުރަންޖެހޭ ސިޓީ ފަދަ ތަކެތި ހަވާލުކުރުން.

3- ހުރިހާ މުވައްޒަފުންގެ މޭޒުތައް ފޮޅައި ސާފުކޮށް ހުރިހާ ޑަސްބިންތައް ސާފުކުރުން.

4- ސައިކޮޓަރިއާއި ފާޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން.

5- އެކިއެކި ބައްދަލުވުންތަކަށް ސައި/ކޮފީ ތައްޔާރު ކުރުން.

އެހެނިހެން އިނާޔަތްތައް

  • މި ސަރވިސްގެ ޤަވައިދާއެއްގޮތް ވާގޮތުގެ މަތިން އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ. އަދި މީގެ އިތުރުންވެސް އެކިކަހަލަ އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

1- މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.

2- އިންޓަވިއުގައި މަސައްކަތަށް ގާބިލްކަން ކަށަވަރު ކޮށްދިނުން.

އިންޓަރވިއު ކުރުން

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ސުންގަޑި: މި މަޤާމްތަކަށް އެދޭ ފަރާތްތަކުން 09 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ)

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މިސަރވިސްގެ ނަންބަރު 3328443 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.prisons.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

- ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

- ނޯޓް: އެޕްލިކޭޝަނާއެކު ހުށައަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

05 ޞަފަރު  1435 

26 ނޮވެންބަރު 2014