ކުއްޔަށް ދިނުން
ނަންބަރު: (IUL)309-ESM/309/2023/3
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 12 ޖަނަވަރީ 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން

އިޢުލާން

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު – އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން

 

  1.       ރ.އިނގުރައިދޫ އިން އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް ކުލީ ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
  2.       ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މައުލޫމާތު:
  •       ކުލީ ބިން 4،3،2،1 : 50x100 ފޫޓް (5000 އަކަފޫޓް)
  •       ކުލީ ބިން 7،6،5: 35x70 ފޫޓް (2450 އަކަފޫޓް)
  •       ކުލީ ބިން 8: 25x50 ފޫޓް (1250 އަކަފޫޓް)
  •       ބިން ދޫކުރާ މުއްދަތު: 10 (ދިހައެއް) އަހަރު ދުވަސް
  •       ބިމު ކުލި: އަކަފޫޓަކަށް 0.45ރ (ސާޅިސް ފަހެއް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.
  1.       މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
  2.       މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  3.       މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 19 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހު 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  4.       ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

 

  1.       ކުލީ ބިންތައް ހިމެނޭ ޗާޓް:

 

  1.       އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޖަނަވަރީ 2023