ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)203-FINHUM/1/2014/21
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 07 ޑިސެންބަރު 2014 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 3 ، އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/4,465 ރުފިޔާ                             ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ /  ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން ޕްރިވެންޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ތިމާވެށްޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،  ނުވަތަ
  2. ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވޭސްޓް މެނޭޖްމަންޓާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ތަރުތީބުކުރުމާއި އަދި އެ ލިޔެކިޔުންތައް ފައިލުކޮށް ރަނގަޅަށް ބެލެހެއްޓުން.
  2. ރަށްރަށުގައި ޤާއިމުކުރަމުންދާ ކުނިކޮށިތަކާއި ރާއްޖޭގައި ޤާއިމުކުރެވޭ ލޭންޑްފިލްތައް ރަޖިސްޓަރީކޮށް ލައިސަންސް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ކުނި މެނޭޖްކުރުމާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ހިންގުން.
  4. ކުނިމެނޭޖްކުރުމާބެހޭ ގަވާއިދު ތަންފީޛުކުރުމަށް އެވަގުތަކު ކުރަންޖެހޭ ކަންތައްތައް ކުރުން.
  5. ވޭސްޓް މެނޭޖްމަންޓް ޑާޓާބޭސްއަށް ބޭނުންވާ ޑާޓާ ހޯދުމުގެ މަސައްކަތްކުރުން.
  6. މިނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އެޖެންސީގެ ނަންބަރު 3335949  އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  2. ދިވެހި ބަހާއި، އިނގިރޭސި ބަހުން މުޢާމަލާތު ކުރުމަށް އެނގުމާއެކު، ފަރިތަކަމާއެކު ސިޓީފަދަ ތަކެތި ލިޔަން ދަންނަ ފަރާތަކަށް ވުން.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއެޖެންސީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)  ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 7 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް،
  • މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ 1 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

04 ޞަފަރު 1436

26 ނޮވެންބަރު 2014