މަސައްކަތް
ނަންބަރު: (I)288/2023/003
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 18 ޖަނަވަރީ 2023 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
[ނ. ކުޑަފަރި ކްލަބް ހައުސް ކޮމްޕްލެކްސް] އިމާރާތްކުރުން

[ނ. ކުޑަފަރި ކްލަބް ހައުސް ކޮމްޕްލެކްސް] އިމާރާތްކުރުން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ފަންޑުކޮށްގެން، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި އިމާރާތްކުރާ [ނ. ކުޑަފަރީ ކްލަބް ހައުސް ކޮމްޕްލެކްސް] އިމާރާތްކުރުމުގެ މަސައްކަތްކޮށްދެއްވާން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، އެ ކަމަށް އެދި ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވައިލައި 2022 ޑިސެންބަރު 8 ވަނަ ދުވަހު ކުރި (I)288/2022/126 ނަންބަރު އިޢުލާނާ ގުޅިގެން އެ ކަމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެއްވެސް ފަރާތަކުން ބީލަމެއް ހުށަހަޅުއްވައިފައި ނުވާތީވެ، އެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވައިލައި 2022 ޑިސެންބަރު 21 ވަނަ ދުވަހު ކުރި (I)288/2022/133 ނަންބަރު އިޢުލާނާ ގުޅިގެން ވެސް އެއްވެސް ފަރާތަކުން ބީލަމެއް ހުށަހަޅުއްވައިފައި ނުވާތީވެ، އެ މަސައްކަތަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ބީލަމުގައި ބައިވެރިވެލެއްވޭނީ، އެ ކަމަށް އެދިލައްވައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރައްވާން ހުށަހަޅުއްވާނީ 2023 ޖަނަވަރީ 11 ވާ ބުދަ ދުވަހު މެންދުރު 12:00ގެ ކުރިން، ދީފައިވާ ލިންކު ގައި ވާ ފޯމު ފުރިހަމަކުރައްވައިގެންނެވެ.

ބީލަމުގައި ބައިވެރިވެލައްވާން ރަޖިސްޓްރީވެލައްވާ ތާރީޚުން ފެށިގެން 2023 ޖަނަވަރީ 17 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ބީލަން ފޮތް ބައްލަވައިގަތުމުގެ ފުރުޞަތު ލިބިލައްވާނެއެވެ.

https://forms.gle/5Q8b5Z3rcHj5k2A37

ބީލަމާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށްދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

11 ޖަނަވަރީ 2023 (ބުދަ) މެންދުރު ފަހު 1:00

ބީލަން ހުށަހެޅުމުގެ ބައްދަލުވުން

18 ޖަނަވަރީ 2023 (ބުދަ) މެންދުރު ފަހު 1:00

 

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވެލައްވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅުއްވާން ވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް

(މުޙައްމަދު ޙަލީމް، ސީނިއަރ ކައުންސިލް އޮފިސަރ):

9873141

 

12 ޖުމާދަލްއާޚިރާ 1444ހ.

4 ޖަނަވަރީ 2023މ.

 

ޢަލީ ޝަމީމް މުޙައްމަދު

ކައުންސިލްގެ ރައީސް

04 ޖަނަވަރީ 2023