ތަމްރީނު
ނަންބަރު: (IUL)179-2/1/2023/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 12 ޖަނަވަރީ 2023 23:59
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މި އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (ICDS) ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން ތަމްރީނުކުރުމުގެ 7  ވަނަ ޕްރޮގްރާމް 16 – 18 ޖަނަވަރީ 2023 އަށް އޮންލައިންކޮށް (ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް) ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމްގެ ނަން:

ލޯކަލް އޮތޯރިޓީ ކޮމްޕެނީސް ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް (ޖެނުއަރީ) 2023

ތާރީޚް:

 16 – 18 ޖަނަވަރީ 2023 | (ހެނދުނު 09:00 އިން 14:00 އަށް)

ޓާރގެޓް އޯޑިއަންސް:

ކައުންސެލަރުންނާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތައް

ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް:

12 ޖަނަވަރީ 2023

ފީ:

1,000ރ (އެއްހާސް ރުފިޔާ)

ޖާގަ:

30

 

މި ޕްރޮގްރާމުގައި ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، ޕޭމަންޓް ސްލިޕް އަދި އައީ.ޑީ.ކާޑްގެ ކޮޕީ އެޓޭޗްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3014140 ނުވަތަ 3014119 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

10 ޖުމާދަލްއާޚިރާ 1444         

3 ޖަނަވަރީ 2023

 

04 ޖަނަވަރީ 2023