ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރުސަރަހައްދުގައި ވިޔަފާރި ކުރުމަށް ފާހަގަކޮށްފައިވާ ބްލޮކް B154 ގެ 03 އަދި 04 ނަންބަރު ބިމުގައި ކޮށްފައިވާ ޢިމާރާތް 10 އަހަރުދުވަހަށް ބީލަމުގެ އުޞޫލުން ކުއްޔަށް ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު:D-381/IUL-2022/56 (20 ޖުލައި 2022) ގެ އިޢުލާނާއި ގުޅިގެން ބީލަން ކާމިޔާބުކުރި ފަރާތުން، ބީލަން ކެންސަލްކޮށްފައިވާތީ، އެ ދެޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދި ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.
ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.
ރަޖިސްޓްރީކުރުން؛ |
ރަޖިސްޓްރީކުރުން އޮންނާނީ 2023 ޖެނުއަރީ 04 ވަނަ ދުވަހުން ފެށިގެން 2023 ޖެނުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ( ރަސްމީދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 12:00 ށް) ރަޖިސްޓްރީ ކުރުމަށްއެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. |
ރަޖިސްޓްރޭޝަން ފީ؛ |
ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/300ރ އަށެވެ. |
ޕްރީބިޑް މީޓިން؛ |
ޕްރީބިޑް މީޓިންގ އޮންނާނީ 2023 ޖެނުއަރީ 22 ވަނަ ދުވަހުގެ 10:00 ގައި ، ޕްރީބިޑްމީޓިންގެ ކުރިން އެއްވެސް ސުވާލެއް ހުށަހަޅަން ބޭނުންވާނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ( އިމާރާތް ބަލަން ބޭނުންވާފަރާތްތަކަށް ޕްރީބިޑް މީޓިންގެ ނިމުމަށްފަހު ފުރުސަތު ލިބޭނެއެވެ.) |
ބިޑް ހުށަހެޅުން؛ |
ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 2023 ޖެނުއަރީ 31 ވަނަ ދުވަހުގެ 10:00 ށް |
އެހެނިހެން ކަންކަން؛ |
|